ފްރެންކްފާޓްއާ އެއްވަރުވެ ބަޔާންގެ ރެކޯޑަށް ނިމުމެއް

މިއުނިކް (އޮކްޓޯބަރު 31) – އެއިންޓްރެކްޓް ފްރެންކްފާޓްއާ ލަނޑެއް ނުޖެހި އެއްވަރުވެ، ހުރިހާ މެޗަކުން މޮޅުވެގެން ބަޔާން މިއުނިކުން ދަމަހައްޓަމުން އައި ރެކޯޑަށް ނިމުމެއް އައިސްފި އެވެ. ރޭގެ މެޗުގެ ކުރިން ޖަރުމަން ލީގުގައި މިހާތަނަށް ބަޔާން ކުޅުނު 10 މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ރޭގެ މެޗަށް ފަހު ބަޔާން އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 10 މެޗުން 23 ޕޮއިންޓާ އެކު އޮތް ޑޯޓްމަންޑެވެ. ޑޯޓްމަންޑް މިރޭ ވާޑާ ބްރެމެންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ބަޔާންގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ. ފްރޭންކްފާޓް ދަނޑުގައި ރޭ ކުޅުުނު މެޗުން ލަނޑު ޖަހަން ބަޔާނަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އާޓޫރޯ ވިޑާލާއި ތޯމަސް މުލާ ފޮނުވާލި ހަމަލާތަށް ގޯލާ ސީދާ ވާގޮތެއްނުވި އެވެ. ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗު ކާމިޔާބު ނުކުރެވުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި އެކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ