އުސްފަސްގަނޑާއި ގުޅޭ ސިވިލް ކޯޓްގެ ދެ އަމުރު ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ހުއްދަޔާއި އެކު އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގަމުން ގެންދާ އުސްފަސްގަނޑު ސަރަހައްދާއި ގުޅޭގޮތުން ސިވިލްކޯޓުން ނެރެފައިވާ ދެ ޢަމުރަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލްކޯޓުން ވަގުތީ އަމުރެއްނެރެފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ސިފައިންނާއި ފުލުހުން އުސްފަސްގަނޑު ރޫޅާލަމުން ދަނިކޮށް އެތަން ރޫޅާނުލުމަށް ސިވިލްކޯޓުން އެރޭ އަމުރެއް ނެރެފައިވާއިރު އެރޭ އުސްފަސްގަނޑުން ގެންދިޔަ ހުރިހާ އެއްޗެއް މިއަދު ހެނދުނު ދިހައެއްގެ ކުރިން އުސްފަސްގަނޑަށް އނބުރާ ގެނައުމަށް ރޭ ވަނީ ސިވިލްކޯޓުން އިތުރު އަމުރެއް ނެރެފައެވެ.
މި ދެއަމުރުވެސް ބަންޑާރަ ނައިބު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓްގައި އިސްތިޢުނާފް ކޮށްފައެވެ.
ދައުލަތުން އިސްތިޢުނާފްކުރި މައްސަލަޔާއި ގުޅިގެން ހައިކޯޓުން މިއަދު ހެނދުނު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެކޯޓްގައި އިސްތިޢުނާފް ކޮށްފައިވާ މައްސަލަޔާއިމެދު ވަކިގޮތެއް ކަނޑައެޅެންދެން ސިވިލްކޯޓްގެ ދެ ޢަމުރު ތަންފީޒް ނުކުރުމަށާއި އެދެއަމުރާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ