ލޯކަލް އިންތިހާބު: އިންތިހާބަށް އަދިވެސް އޮފިޝަލުން ބޭނުން!

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ އޮފިޝަލުން ހޯދަން ކުރި މަސައްކަތުގައި ލިބުނު އޮފިޝަލުން މަދުވެގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަނުން ފުރުޝަތު ހުޅުވާލައިފި އެވެ.އިލްކްޝަން ކޮމިޝަނުން ބުނީ ކޮމިޝަނުގެ ބެލުމުގެ ދަށުން އިންތިހާބުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި މާލެ އާއި އަތޮޅުތަކާއި ރާއްޖޭން ބޭރުގައި އިލެކްޝަން ކޮމިޓީތަކާއި ބިއުރޯތައް އެކުލަވައިލުމަށް މިހާތަނަށް ލިބުނު އޮފިޝަލުންގެ އަދަދު މަދު ކަމަށެވެ."އޮފިޝަލުން ހޯދަން އަޅުގަނޑުމެން ވާނީ އަނެއްކާވެސް އިއުލާންކޮށްފައި،" ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.އަންނަ ފެބުރުއަރީ ފަހެއްގައި އިންތިހާބު ބާއްވާއިރު ގެޒެޓްކޮށްފައިވާ 184 ރަށުގެ ތެރެއިން ކޮންމެ ރަށަކަށް ތިން އޮފިޝަލުންނާއި 19 އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކަށް  ތިން އޮފިޝަލުންނާއި  ދެ ސީޓީގެ ތެރެއިން ކޮންމެ ސިޓީއަކަށް ފަސް އޮފިޝަލުންނާއި  19 އަތޮޅުގެ ކޮންމެ އަތޮޅަކަށް ހާއްސަ ބިއުރޯއަށް ބޭނުންވާ ތިން އޮފިޝަލުންނާއި  ދެ ސިޓީގެ ކޮންމެ ބިއުރޯއަކަށް ބޭނުންވާ ފަސް އޮފިޝަލުންގެ އިތުރުން ގައުމީ ބިއުރޯއަށް ބޭނުންވާ އޮފިޝަލުން ހިމެނެ އެވެ."އަދި ވެސް އޮފިޝަލުން ބޭނުން!" ކޮމިޝަންގެ އޮފިޝަލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ