އެގްރިމެންޓް ބާތިލު ކަމަށް ގަބޫލެއް ނުކުރަން:ޖީއެމްއާރު

އިބްރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު އިންޑިއާގެ ޖީއެމްއާރު ކޮންސޯޓިއަމްއާއި ހަވާލު ކުރުމަށް ވެފައިވާ އެއްބަސްވުމަކީ އެއްބަސްވީ ދުވަހުން ފެށިގެން ބާތިލު އެގްރިމެންޓެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ގަބޫލު ނުކުރާކަން ޖީއެމްއާރުން އެއާރޕޯޓުގެ ހުރިހާ މުވައްޒަފުންނަށް އަންގައިފިއެވެ.
ސީއީއޯ އެންޑްރޫ ހެރިސަން އެއާރޕޯޓުގެ މުވައްޒަފުންނަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ފޮނުއްވާގައިވާ މެއިލެއްގައި ވިދާޅުވެފައިވަނީ އެގްރިމެންޓަކީ ބާތިލު އެގްރިމެންޓެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެގްރިމެންޓްގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޖީއެމްއާރުންނާއި މެލޭޝިއާގެ އެއާރޕޯޓްސްއިން ކުރާނެ ކަމަށެވެ.
މުވައްޒަފުންގެ ފަރާތުން ދެކަމަކަށް ގޮވާލާ އެންޑްރޫ ފޮނުއްވާފައިވާ މެއިލްގައި ވިދާޅުވެފައިވަނީ އެއްވެސް ހާލަތެއްގައި އެއާރޕޯޓުގެ އެއްވެސް މަސައްކަތަކަށް ބުރޫ އަރައިގެން ނުވާނެ ކަމަށާއި އެއްބަސްވުން އުވާލުމާއި ބެހޭ ގޮތުން އެއްވެސް ބަޔަކާއި މުއާމަލާތް ނުކުރުމަށެވެ. ވޭތުވެ ދިޔަ ދެއަހަރު މުވައްޒަފުންނާއި އެކު ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވާ ކަމަށާއި އެކާމީޔާބީތައް ކުރިއަށް އޮތް 23 އަހަރު ދަމަހައްޓަނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެންޑްރޫ ވިދާޅުވެފައިވެއެވެ.
އަދި އެއާރޕޯޓު މިހާރު އޮތް ގޮތަށް ޖީއެމްއާރުގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެންޑްރޫ ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ