ގަމުގައި ގަން ހިންގުވި މައްސަލައެއް ބަލަނީ

ލ. ގަމުގައި ވައްކަމުގެ މައްސަލަ އެއްގައި ތުހުމަތު ކުރެވުނު މީހަކު އެ ރަށުގައި ގަން ހިންގުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ގަމުގައި ހިނގި ވައްކަމުގެ މަައްސަލައެއްގައު ތުހުމަތުވާ މީހާ ގަން ހިންގުވި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. ނަމަވެސް ވައްކަމުގެ މައްސަލަ އާއި ގަން ހިންގުވުމުގެ މައްސަލަައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ގަމުގައި މީހަކު ގަން ހިންގާ ވީޑިއޯ އާއި ފޮޓޯ މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމު ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ