ކޮރޯނާ ވައިރަސްގެ ވެކްސިން އޭގެ ފުރަތަމަ ޓެސްޓު ތަކަށް ތައްޔާރުވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ވެކްސިން އޭގެ ފުރަތަމަ ޓެސްޓުތަކަށް ތައްޔާރުވެއްޖެ ކަމަށް އެމެރިކާގެ ބަޔޯޓެކް ފާމެއް ކަމަށް ވާ މޮޑެނާ ކުންފުނިން ބުނެފިއެވެ.
މޮޑެނާ ކުންފުންޏާއި ހަވަލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮރޮނާ ވައިރަހަށް އުފެއްދި ވެކްސިންގެ ފުރަތަމަ ބެޗް (mRNA-1273) މިހާރު ވަނީ އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސަސް (އެންއައިއޭއައިޑީ)އަށް ފޮނުވާފައެވެ. އެގޮތުން މި ވެކްސިން ޓެސްޓު ކުރާނީ ސިއްހަތު ސަލާމަތުން ހުރި މީހުންނަށް ކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފައި ވެއެވެ.
މި ވެކްސިންގެ ފުރަތަމަ މަރުހަލާގެ ޓެސްޓުކުރުން ތަކަށް ވެކްސިން ތައްޔާރުކޮށް ފޮނުވާފައި ވީ ނަމަވެސް، ތަޖުރިބާކުރުން ފަށާނީ އަންނަ އޭޕްރީލް މަހު ކަމަށް އެންއައިއޭއައިޑީގެ ޑިރެކްޓަރާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި މި ވެކްސިނަކީ އޭގެ ފުރިހަމަ ބޭނުން ކުރެވޭނެ އެއްޗެއްކަން ޔަގީން ކުރެވޭނީ މި ޓެސްޓު ތަކަށް ފަހު ކަމަށް ވެސް ސީއެންއެންގައި ރިޕޯޓުކޮށްފައި ވެއެވެ.
އެންއައިއޭއައިޑީގެ ޑިރެކްޓަރާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވެކްސިން ޓެސްޓު ކުރުމަށް ކުރިއަށް ގެންދާ "ކްލިނިކަލް ޓްރަޔަލް"ގައި 45 މީހެއްގެ ގަޔަށް މި ވެކްސިން ޖަހާނެ އެވެ. އަދި މި ވެކްސިން ޓެސްޓު ކުރާނެ 45 މީހުން ކަނޑައަޅާނީ އަމިއްލައަށް "ވޮލެންޓިއާ" ކުރާ މީހުންގެ ތެރެއިން ކަމަށް އެންއައިއޭއައިޑީގެ ޑިރެކްޓަރާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައި ވެއެވެ.
ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލި ނަމަވެސް އެއް އަހަރާއި 18 މަހާއި ދެމެދުގެ މުއްދަތެއްގެ ކުރިން އާންމުންނަށް ވެކްސިން ބޭނުން ކުރެވޭ ވަރު ނުވާނެ ކަމަށް އެންއައިއޭއައިޑީގެ ޑިރެކްޓަރާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައި ވެއެވެ.
ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މޮޑެނާގެ އިތުރުންވެސް އެކި ކުންފުނިތަކުން މިހާރު އަންނަނީ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ބޭނުން ކުރާނެ ވެކްސިނެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ