ޑިސްއިންފެކްޓު ކުރިފަހުން އެޗްޕީއޭގެ އަމުރަށް ފުލުހުން ކަންމަތީ ފިހާރައެއް ބަންދުކޮށްފި

ހެންވޭރުގައި ހިންގާ ކަންމަތީ ފިހާރައެއްގެ މުވައްޒަފަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވުމުން، މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް އެ ފިހާރަ ޑިސްއިންފެކްޓު ކުރިފަހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އަމުރަށް ފުލުހުން އައިސް އެ ފިހާރަށް ބަންދުކޮށްފިއެވެ.ފުލުހުން އައިސް ފިހާރައިގެ ބޭރު ކޯޑޮންކޮށް ފިހާރާގައި އެޗްޕީއޭގެ އެންގުމެއް ވަނީ ހަރުކޮށްފައެވެ. ފުލުހުން މިގޮތަށް އަމަލު ކުރީ އެޗްޕީއޭ އިން އަންގައިިގެން ކަމަށް، ފިހާރައިގެ ވެރިންގެ ކައިރީ ފުލުހުން ވަނީ ބުނެފައެވެ. އަދި 14 ދުވަސް ވަންދެން ނުވަތަ އެޗްޕީއޭ އިން އެހެން ގޮތެއް އަންގަންދެން އެ ފިހާރައަށް ވަނުން މަނީ މަނާކޮށްފައެވެ.ފިހާރަތަކާއި ގުދަންތަކުން ޕޮޒިޓިވް ކޭސް އެއް ފެނިއްޖެނަމަ އަމަލު ކުރަންޖެހޭ އިޖުރާއަތުތައް އެޗްޕީއޭ އިން އާންމުކޮށްފައިވާއިރު އޮންނަނީ އެފަދަ ތަންތަން ޑިސްއިންފެކްޓުކޮށް ބުލިޗުގެ ވަސް ކެނޑުމުން ހުޅުވޭނެކަމަށެވެ. ތަން ބަންދުކޮށް 14 ދުވަސް ވަންދެން މޮނިޓަރިން އަށް ލެވޭނެ ކަމަކަށް އެޗްޕީއޭ އިން ބުނެފައިނުވެއެވެ.މިހާތަނަށް މޮނިޓަރިންއަށް އާންމުކޮށް މީހުން ދިރިއުޅޭ ގެތަކާއި، ރިސޯޓު، ސަފާރީ އަދި އެނޫންވެސް ބޮޑެތި ފިހާރަތައް ކަހަލަ ތަންތަނެވެ. ނަމަވެސް އެންމެ 2 މުވައްޒަފުން މަސައްކަތް ކުރާ ކުޑަ ފިހާރައެއް 14 ދުވަސްވަންދެން މީގެ ކުރިން ބަންދު ނުކުރެއެވެ. ފިހާރައިގެ މުވައްޒަފަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވިއިރު އަދި ވެސް އެމީހާ ކަރަންޓީނު ފެސިލިޓީއަކަށްވެސް ނުގެންދާކަން ފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ