ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް ބެޑްމިންޓަން އެސޯސިއޭޝަނާއި އެކު މުލަކު ސްކޫލުން އެއްބަސްވުމެއްގައި ސޮއި ކޮށްފި

ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް ބެޑްމިންޓަން އެސޯސިއޭޝަނާއި އެކު މ. އަތޮޅު މުލަކު ސްކޫލުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މިއެއްބަސްވުމުގައި ސޮއި ކުރުން އޮތީ މިކަމަށްޓަކާ މުލަކު ސްކޫލް ހޯލްގައި އިއްޔެ ރޭ ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
މި އެއްބަސްވުމުގައި ވާ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ސްކޫލާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ފެންވަރު ރަނގަޅު ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށް މަސައްކަތްތައް ކުރެވިގެން ދިއުމަށް ވަނީ ނިންމާފައެވެ.
މުލަކު ސުކޫލުން ބުނީ، އެއްބަސްވުމުގެ ދަށުން ތަމްރީން ވުމަށް މިހާރުވެސް މުލަކު ސްކޫލްގައި 31 ދަރިވަރަކު ތިބިކަން އެސްކޫލުން ފާހަގަކުރާ އިރު މި އެއްބަސްވުމުގެ ސަބަބުން މިއަދަދު އިތުރު ވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެސުކޫލްގެ ދަރިވަރުންނަށް އެކުޅިވަރުގެ ތަމްރީނުތަކުގެ އިތުރުން، ކުޅިވަރުގެ ތަފާތު ފުރުސަތުތައްވެސް ހުޅުވިގެން ދާނެކަމުގެ އުންމީދު ބޮޑު ކަމަށް މުލަކު ސުކޫލުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ