އައިޖީއެމްއެޗުގެ އިތުރު ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗްގެ އިތުރު ދެ މުވައްޒަފަކާއި ދެ ބަލި މީހުން ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު އައިޖީއެމްއެޗުން ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރޭގައި 6 މުވައްޒަފުންނާއި 7 ބަލި މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ބަލި މީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު މެންދުރާ ހަމައަށް 308 ސާމްޕަލަ އައިޖީއެމްއެޗް ކޭސް އާ ގުޅިގެން ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން މިއަދުވެސް ކޮވިޑް19 އަށް 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 12 ދިވެހިންނާއި 18 ބަންގްލަދޭޝް މީހުންނާއި އިންޑިއާ ތިން މީހަކު މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއިއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2468އަށް އަރާފައެވެ.
ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2468 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2049 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ