ރާއްޖެއާ ސްވިޓްޒަލޭންޑާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި

ކޯވިޑް-19 ގުޅިގެން މެދު ކަނޑާލާފައިވާ ސްވިޓްޒަލެންޑުގެ އެޑެލްވެއިސް އެއަރލައިންއިންގެ ދަތުރުތައް މިއަދު ކުރަން ފަށައިފިއެވެ. ސްވިޓްޒަލެންޑުގެ އެޑެލްވެއިސްގެ ފުރަތަމަ ފްލައިޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މިއަދު ހަވީރުއެވެ. މި ދަތުރުތައް ކުރާނީ ސްވިޓްޒަލެންޑުގެ ޒިއުރިކުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
ސްވިޓްޒަލޭންޑުން ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާއިރު، އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ސްވިޓްޒަލޭންޑް ހިމެނެއެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުން 33 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
އެ އެއަރލައިނުން ހަފުތާއަކު 2 ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރާނެއެވެ. އަދި އެއަރލައިންގެ ވެބްސައިޓުން އަންނަ އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ރާއްޖެ އައުމަށް ބުކިންގ ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ