ސުޝާންތު މަރުވިއިރު 3 ފިލްމެއް ކުޅެން ސޮއިކޮށް އެޑްވާންސް ފައިސާ ނަގާފައިވާކަމަށް ރިޕޯޓު ކޮށްފި

ސުޝާންތު ސިންގުރާޖުޕުތު މިމަހުގެ 14 ވަނަ ދުވަހު އަމިއްލަޔަށް މަރުވިއިރު، ޔާޝް ރާޖު ފިލްމުސް އާއިއެކު 3 ފިލްމެއް ކުޅެން ކޮންޓްރެކްޓް ހަދާފައިވާ ކަން ހާމަވެއްޖެއެވެ.
އެގޮތުން އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ސުޝާންތު މަރުވިއިރު، 3 ފިލުމެއް ކުޅެން ޔާޝްރާޖު ފިލްމްސް އާއިއެކު ކޮންޓްރެކްޓް ހަދާފައިވާ ކަމަށާއި، އެތަނުން އެއް ފިލްމަށް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި އޭނާއަށް 30 ލައްކަ އިންޑިއަން ރުޕީސް ދީފައިކަމަށެވެ.
ސުޝާންތަށް އެޑްވާންސް ފައިސާ ދިން ފިލްމަކީ ލީޑްރޯލުން އޭނާއާ އެކީ ވާނީ ކަޕޫރު ފެނިގެންދާ ފިލްމު ޝުދް ދޭސީ ރޮމޭސްއެވެ. ދެވަނައަށް އޭނާ ކޮންޓްރެޓް ހަދާފައި ވަނީ ޑިޓެކްޓިވް ބަޔޮމޭޝް ބަކްޝީ ކުޅޭށެވެ. އެފިލްމު ކުޅުމަށް އޭނާއަށް 1 ކްރޯޑް އިންޑިއަން ރުޕީސް ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ސުޝާންތު ސިންގުރާޖުޕުތު މަރުވިއިރު، އޭނާގެ އުމުރަކީ 34 އަހަރެވެ. އިންޑިއާގެ ބިހާރު ފުލުހުން ދަނީ ސުޝާންތުގެ މަރުގެ މައްސަލަ ތަހ\ުގީގު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ފުލުހުން ވަނީ ސުޝާންތާއި ގުޅުންހުރި ގިނަ ބައެއްގެ ބަޔާންވެސް ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ