ކުރީ ރައީސް ޔާމީން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އިސް ވެރިންނާއި، މަޖިލިސް މެމްބަރުންނަށް ޤަވާއިދާ ޚިލާފަށް ފްލެޓް ދީފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ބަލަން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައެވެ. މިކަން ބެލުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުވިއެވެ.
ކުރީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލިސް މެމްބަރުންނަށް ޤަވައިދާ ޚިލާފަށް ފްލެޓު ދީފައިވޭތޯ ކޮމިޓީން ސާފު ކުރުމަށް ނިންމާފައިވާއިރު، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ހިންގި ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި، ސިޔާސީ ބޭފުޅުންގެ އާއިލާ މީހުންނަށް ފްލެޓް ލިބިފައިވާކަން ބައެއް ފަރާތްތަކުން ގެންދަވަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެގޮތުން އެންމެ ގިނައިން ފުލެޓް ލިބިފައިވާކަމަށް ބުނެފައިވަނީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޚަލީލަށެވެ. އޭރު ބުނަމުން ގެންދިޔައީ ޚަލީލުގެ ޢާޢިލާއަށް 30 އަށް ވުރެ ގިނަ ފްލެޓް ދީފައިވާކަމަށެވެ. ނަމަވެސް އެޢަދަދު ފަހުންވަނީ 11 އަށް މަދުވެފައެވެ.
ޤަވާއިދާ ޚިލާފަށް ޔާމީން ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ފްލެޓް ދީފައިވޭތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ