ކަލްވާޓް ލުއިންގެ ހެޓްރިކް އާ އެކު އެވާޓަން މޮޅުވެއްޖެ

ކަލްވާޓް ލުއިން ކެރިޔަރުގެ ފުރަތަމަ ހެޓްރިކް އާ އެކު އެވާޓަން އިން ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.
ލީގުގެ ދެވަނަ މެޗުގައި ވެސްޓް ބްރޮމް އާ ދެކޮޅަށް އެވަޓަން ކުޅުނު މެޗުަގައި ކަލްވާޓް ލުއިންގެ އިތުރުން ހަމޭސް ރޮޑްރިގޭޒް ވެސް ވަނީ ގޯލު ޖަހައިފައެވެ. މިއީ ރޮޑްރިގޭޒް އެވަޓަން އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ ދިހަވަނަ މިނެޓުގައި ލަނޑުޖަހައި ފުރަތަމަ ލީޑު ނެގީ ވެސްޓްބްރޮމް އެވެ. ޑިއެންގާނާ އޭރިއާ ބޭރުން ޖެހި މި ބޯޅަ އެވަޓަން ގެ ކީޕަރު ޕިކްފޯޑް އަތުގައި ނުޖެހި ވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ.
ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދިނީ ކަލްވާޓް ލުއިން ޖެހި ބެކްހީލް ގޯލުންނެވެ. މި ގޯލުގައި ކަލްވާޓް ލުއިން އޮފްސައިޑު ކަމަށް ދިދަ ނެގުމުން ވީ އޭ އާރް ބެލުމަށްފަހު ވަނީ އޮފްސައިޑް ނޫން ކަމަށް ނިންމައިފައެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް އެވަޓަން އިން ލީޑު ނަގައިފައިވަނީ ހަމޭސް ރޮޑްރިގޭޒް އޭރިއާ ބޭރުން ޖެހި ގޯލާއެކުގައެވެ. ހާފު ނިމުމުގެ ކުރިން ވެސްޓްބްރޮމް ގެ ގިބްސް، ރޮޑްރިގޭޒް ކޮށްޕާލުމާއި ގުޅިގެން ވަނީ ރަތް ކާޑޫ ދައްކައިފައެވެ. އަދި ހާފު ނިމެގެން މެޗުގެ އޮފިޝަލުންނާ ޒުވާބު ކުރުމުން ވެސްޓްބްރޮމް ގެ ކޯޗު ބިލިކް އަށް ވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ.
Articl Inline Image
ދެވަނަ ހާފު ފަށައިގެން ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ވެސްޓްބްރޮމް އިން ވަނީ ފްރީ ކިކެއް ގޯލުގެތެރެއަށް ފޮނުވާލައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ފްރީ ކިކު ޖަހައިދިނީ މެތިއު ޕެރެއިރާ އެވެ. ދެވަނަ ފަހަރަށް އެވަޓަން އަށް ލީޑު ނަގައިދިނީ ލިބުނު ފްރީ ކިކަކުން ކީންއެވެ. އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ރިޗާލިސަން ގޯލަށް ފޮނުވާލުމުން ކީޕަރު ދިފާއު ކުރި ބޯޅަ ގޯލުތެރެއަށް ފޮނުވާލަދިނީ ކީން އެވެ.
ކަލްވާޓް ލުއިން ދެވަނަ ގޯލު ޖަހައިފައިވަނީ ރިޗާލިސަން އޭރިއާ ތެރެއިން ކަނޑާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވައިލައިގެންނެވެ. އަދި ފަހުން ހަމޭސް ނަގައިދިން ކޯނަރުން ޖެހި ގޯލާއެކު ކަލްވާޓް ލުއިން ގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.
އެވަޓަން އިން ލީގުގައި ފުރަތަމަ ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓްވަނީ ހޯދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ