ވާހަކަތައް ގިނަވެ އޮޒިލްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

އިސްތަންބޫލް (އޮގަސްޓް 14) - މީޑިއާ އިންނާއި ފުޓްބޯޅައިގެ އެކި މީހުން އޭނާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތައް ފަތުރާތީ އާސެނަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި މެސެތު އޮޒިލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ފުޓްބޯޅަ އަލުން ފެށި ފަހުން އާސެނަލް ޓީމުން އޮޒިލް އަށް ފުރުސަތެއް ނުދެ އެވެ. އޮޒިލަށް ޖާގަ ނުދެނީ އަނިޔާގެ ސަބަބުން ކަމަށް މީޑިއާގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނި ނަމަވެސް އޮޒިލް ދިޔައީ އޭނާ ފިޓް ކަމަށް ބުނަމުންނެވެ. ފަހުން އޮޒިލް މެޗުތަކަށް ނަގާ ސްކޮޑުގައި ވެސް ނުހިމަނާ ދިޔައިރު، އޭނާ އާއި އާޓެޓާގެ ގުޅުން މީޑިއާގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވާހަކަ ފެތުރުނެވެ. އަދި ދާދި ފަހުން އިނގިރޭސި މީޑިއާ ރިޕޯޓްތަަކަށް ބަލާއިރު އާސެނަލުން އޮތީ އޮޒިލްގެ ކޮންޓްރެކްޓްގައި ބާކީ އޮތް އަހަރަށް ވާ މުސާރަ ދިނުމަށް ފަހު އޭނާ ދޫކޮށްލަން ނިންމައިފަ އެވެ.
ދި އެތުލެޓިކް ނޫހަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޮޒިލް ވަނީ މިހާރު އޭނާ އަށް ދިމާވެފައިވާ ކަންތައްތަކާ ބެހޭގޮތުން ވަރަށް ފުޅާކޮށް ވާހަކަތައް ދައްކައިފަ އެވެ. ފުރަތަމަ ކަމަކަށް އޮޒިލް ބުނީ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އޭނާ ކަމަށާއި އަދިވެސް ހުރީ އާސެނަލާ އެކު ކުރިއަށްދާން ކަމަށެވެ.
18 million pound dheefai Arsenal in Ozil dhookollanee
Mihaaru
"އަހަރެން މި ކްލަބްގައި މި ހުންނަނީ މި ޓީމަށް ކުޅޭ ހިތުން. މީގެ ކުރިން ވެސް އަހަންނަށް މި ކްލަބްގައި ކަންތައްތަކެއް ދިމާވި. އެކަމަކު އަހަރެން އެނބުރި އައިސް ޓީމުން ފުރުސަތު ހޯދައި އަހަރެންގެ ބޭނުން ހިފޭނެކަން ސާބިތުކޮށްދިނިން. އަދިވެސް މި ހުރީ އެކަން ދެ ވަނަ ފަހަރަށް ކުރަން ތައްޔާރަށް،" އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެމެރީ އޭނާ ބާކީކޮށްފައި ހުރި ހުރުމަށް އިޝާރާތްކޮށް އޮޒިލް ބުންޏެވެ.
އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ އުމުރުން 31 އަހަރުގެ އޮޒިލް އެވެ. ހަފްތާ އަކު 458،000 ޑޮލަރު ލިބޭ މުސާރައެއްގައި އޮޒިލް ހުރިއިރު، ކޮވިޑް-19ގެ ސަބަބުން މިދިޔަ އޭޕްރީލް މަހު އާސެނަލް ކުޅުންތެރިންގެ މުސާރައިން 12.5 އިންސައްތަ ކުޑަކުރަން ހުށަހެޅުމުން އޮޒިލް އެކަމަށް އިންކާރުކުރި އެވެ. އޮޒިލްގެ ނަޒަރުގައި އާސެނަލާ އޭނާއާ ދެމެދު މައްސަލަ ޖެހުނު ހިސާބަކީ އެއީ ކަމަށް ވެދާނެ ކަމަށެވެ.
"އަހަރެން އެކަމަށް އެއްބަހެއް ނުވީ ބޭނުންވި ގިނަ ސުވާލުތަކެއްގެ ޖަވާބު ނުލިބޭތީ. އަހަންނާ ދެކޮޅަށް އެޖެންޑާއެއް މިދިޔަ ދެ އަހަރު ގިނަ ބަޔަކު ހިންގި. އެއީ އަހަންނަށް ހިތްހަމަޖެހުމެއް ލިބުނަ ނުދީ އަހަރެން ހަލާކުރުމުގެ ވިސްނުމުގައި އަންނަ ރޭވުމެއް. މީހުން އަހަރެންގެ އަގުވައްޓާލަން ދައްކާ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް. މި ކްލަބް (އާސެނަލް) ދޫކޮށްލަން ނިންމާނީ އަހަރެން. އެއީ މީހަކު މަޖުބޫރުކުރުވައިގެން ކުރާނެ ކަމެއް ނޫން،" ހިތްހަމަނުޖެހިފައި ހުރެ އޮޒިލް ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހު އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެކަމުގައި އާސެނަލުން ވަނީ ޗައިނާ ނުސީދާ ގޮތަކަށް އޮޒިލް ކުރި ކަންތައް ކުށްވެރިކޮށް ޗައިނާ މީހުންނަށް އަމާޒުކޮށް ބަޔާނެއް ނެރެފަ އެވެ.
އޮޒިލް ވަނީ އުއިގޫރް ކަންތައްތަކުގައި އާސެނަލުން އޭނާ ދިފާއުކުރަން މަސައްކަތެއް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ އެމެރިކާގެ ކަޅު ނަސްލު މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން ބްލެކް ލައިވްސް މެޓާ ކެމްޕެއިން ހިންގުމުގައި އާސެނަލުން ސަޕޯޓް ދިން ގޮތަށް އުއިގޫރްގެ މުސްލިމުންގެ ދިފާއުގައި ވެސް ބަސް ބުނެވެންވާނެ ކަމަށެވެ.
"އަހަރެން އެ ފަހަރު (އުއިގޫރު މައްސަލަ) ވާހަކަ ދެއްކީ މުސްލިމުންގެ ހައްގުގައި. އެއީ ޗައިނާއާ ދެކޮޅަށް ސިޔާސީ ކަމެއްގައި ބައިވެރިވީއެއް ނޫން. ބްލެކް ލައިވްސް މެޓާ ކެމްޕެއިނެއް ގޮތަށް ކަޅު ނަސްލުގެ މީހުންގެ ދިފާއުގައި ވާހަކަ ދައްކާއިރު. މުސްލިމުންގެ ދިފާއުގައި ވެސް އާސެނަލަށް ވާހަކަ ދެއްކެންވާނެކަމަށް އަހަރެން ގަބޫލުކުރަނީ. އެއީ އާސެނަލްގައި އެބަތިބި ވަރަށް ގިނަ މުސްލިމް ކުޅުންތެރިން. އާސެނަލަށް ސަޕޯޓްކުރާ ގިނަ މުސްލިމުންތަކެއް ވެސް އެބަތިބި. އެހެންވީމަ އެބަޖެހޭ މުސްލިމް ލިވްސް މެޓާ އޭ ވެސް ބުނަން. އެކަމަށް ވެސް ބާރުއަޅަން،" ތުރުކީގެ މުސްލިމް ދަރިކޮޅަށް ނިސްބަތްވާ އޮޒިލް ބުންޏެވެ.
"އިންސާފުގެ ވާހަކަ ދައްކާއިރު ވަކި ކުލައެއްގެ ބަޔަކަށް ވަކި ދީނެއްގެ ބަޔަކަށް ވަކި ގޮތެއް ހަދައިގެން ނުވާނެ."
Tweet aa gulhigen China gai Ozil "manaa vejje"
Mihaaru
އޮޒިލް އަކީ، މުސްލިމުންގެ ހައްގުގައި ވާހަކަދައްކާ ލީޑަރެއް ކަމަށްވާ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ގާތް އެކުވެރިޔެކެވެ. ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރިން އުރުދުޣާންއާ އެކު ފޮޓޯއެއް ނެގުމުން އޮޒިލްއަށް ޖަރުމަނުގެ ފާޑުކިޔުން އަމާޒުވި އެވެ. ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވި ޕްރެޝަރުތަކަށް ފަހު އެންމެ ފަހުން އޭނާ ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލައިފަ އެވެ.
އޮޒިލް އާސެނަލާ ގުޅުނީ ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން އޮޒިލް ދޫކޮށްލަން ނިންމާފައިވާއިރު، ދާދި ފަހުން އޭނާގެ އޭޖެންޓް ވަނީ ތުރުކީގެ ގަދަބާރު ފެނަބާޗޭއާ އެކު މަޝްވަރާތަކެއް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ