ހޯމް ކަރަންޓީނުގައި ހުރިނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާނަން: ޑރ. ނަޒްލާ

ހޯމް ކަރަންޓީނުގައި ހުންނެވި ނަމަވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެވެ. ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހަކާ ބައްދަލުވެ ނަޒްލާ ހުންނެވީ ހޯމް ކަރަންޓީނުގައެވެ. މިކަން ހާމަ ކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. ނަޒްލާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެމީހަކާ ދިމާވެފައިވާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހޯމް ކަރަންޓީންގައި އޭނާ ހުންނެވި ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އަދި އެޗް.އީ.އޯ.ސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގޭގައި ހުންނަވައިގެން ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.
އެޗް.އީ.އޯ.ސީ އުފައްދަވައި އެސެންޓަރުގެ ތަރުޖަމާނުކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑރ. ނަޒްލާ ބައިވެރިވަޑައިގެން މަޢުލޫމާތު ފޯރުކޮށް ދެއްވަމުން ގެންދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ