ޕޯޗުގަލްގެ ސެމޭޑޯ ވުލްވްސްއަށް ސޮއި ކޮށްފި

ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ ބާސެލޯނާ ދޫކޮށް އިންގްލޭންޑްގެ ވުލްވްސްއަށް ސޮއި ކޮށްފިއެވެ. ސެމޭޑޯ ވުލްވްސް އަށް ސޮއި ކޮށްފައިވަނީ ގާތް ގަނޑަކަށް 37 މިލިޔަން ޕައުންޑަށެވެ.
ވުލްވްސް ގެ ކަނާއަތް ފަޅިން ފަހަތަށް ކުޅުނު މެޓް ޑޮހާޓީ ޓޮޓެންހަމް އާއި ގުޅުމުން، ކޯޗު ފަހަތަށް ކުޅޭ މީހަކު ހޯދަމުން އަންނަތާ ދުވަސް ކޮޅެއް ވެއްޖެއެވެ.
ސެމޭޑޯ ވަނީ ބާސެލޯނާ އަށް 124 މެޗު ކުޅެދީފައެވެ. އަދި ޕޯޗުގަލް އަށް ސެމޭޑޯ ކުޅެފައިވަނީ 14 މެޗެވެ
Articl Inline Image
ސެމޭޑޯ ވަނީ ވުލްވްސް އާ އެކު 2023 އާ ހަމައަށް ކޮންޓްރެކްޓް ހަދައިފައެވެ. މިއީ ވުލްވްސް އިން މި ވިންޑޯ ގައި ސޮއި ކުރި ދާއިމީ ތިން ވަނަ ކުޅުންތެރިޔާއެވެ. ވުލްވްސް އިން ވަނީ ޕޯޓޯގެ ފަބިއޯ ސިލްވާ އާއި ލިވަޕޫލްގެ ކިޖާނާ ހޯވާ ގެނެސްފައެވެ.
ވުލްވްސް އާ ގުޅުނީ ކީއްވެގެންތޯ ސުވާލުކުރުމުން ސެމޭޑޯ ބުނެފައިވަނީ ވުލްވްސް މިދިޔަ ސީޒަނުގައި ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމުން ކަމަށެވެ. އަދި މީގެ އިތުރުން ސެމޭޑޯ ވަނީ ކޯޗް ނޫނޯ ގެ މޮޅު ކަން ފާހަގަ ކޮށް ކޯޗަށް ތައުރީފު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ