ޑޭވިޑް އަކީ ރާއްޖޭގެ ގާތް އެކުވެރިއެއް: ރައީސް ނަޝީދު

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިިޑް އެމްސް އަކީ ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑޭވިޑް އަވަހަރާކޮށްލި ހަބަރާއެކު ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށާއި ޑޭވިިޑް އެމްސް އަކީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށެވެ.
އެގޮތުން ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ އިސްވެރިއެއްގެ ރޯލު ޑޭވިޑް އަދާކުރެއްވިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އުމުރުން 69 އަހަރުގެ ޑޭވިޑް ދަނީ 1983 ވަނަ އަހަރުން ފެށިގެން އިނގިރޭސި ގާނޫނު ހާދާ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވަމުންނެވެ.
އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީ އަށް ނިސްބަތްވާ ޑޭވިޑަށް ވަޅިން ހަމަލާދީފައިވަނީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ.
އެ ހަމަލާ ޑޭވިޑަށް ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
އޯލް ޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕަކީ، ރާއްޖޭގެ ސިޔާސީ ކަންކަމާއި، ތިމާވެއްޓާއި، ތައުލީމާއި، އިޖުތިމާއީ މައްސަލަތައް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ސަމާލުކަމަށް ގެނައުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.
ޑޭވިޑް އެމެސް ވަނީ 2016 ވަނަ އަހަރު ރާއްޖެއަށްވެސް ޒިޔާރަތްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ