100 ކިލޯ ޑްރަގް މައްސަލަ: 9 މީހުންނަށް ދައުވާ ކޮށްފި

ފާއިތުވި އޮކްޓޯބަރު މަހު ފުލުހުން ހިންގި ޑްރަގް އޮޕްރޭޝަނުގެ ތެރެއިން އަތުލައިގަތް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރެވޭ 9 މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޖުމްލަ 10 މީހުންނެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމް ކޯޓުންވަނީ ދެމީހަކު ދޫކޮށްލާފައެވެ.
އެއަށްފަހު ބާކީތިބި 8 މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އޭގެފަހުން އެކިފަހަރު މަތީން ބަންދުން މީހުން ދޫކުރުމަށްފަހު މައްސަލާގައި ހިމެނޭ ހުރިހާ ދިވެހިން ދޫކޮށްލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލާގައި ހިމެނޭ އެކި މީހުންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައެވެ.
އެގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ:
މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގް ދައުވާ އުފުލާފައިވަނީ:
މީގެއިތުރުން، އެ ގާނޫނުގެ 114 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިންގެ މައްޗަށެވެ.
މިމައްސަލާގައި އެންމެ ފަހުން ބަންދުން ދޫކޮށްލާފައިވަނީ ނ. ވެލިދޫ ބީޗްހެވަން، ޖުމާން މުސްތަފާ އާއި، ދ. ބަނޑިދޫ ޕޮލައިސް، މުހައްމަދު ހުސައިންގެ އިތުރުން، ލ. ކަލައިދޫ ޖަނަވަރީމާގޭ، މުހައްމަދު އަހުމަދެވެ.
ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ އެމީހުންނާއި މަސްތުވާތަކެއްޗާ ގުޅާލެވޭނެ އެކަށީގެންވާ ހެކި ހުރިކަމަށް ނުފެންނަކަމަށް ބުނެއެވެ.
މިހާރު ބަންދުގައި ތިބީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ރަފީގުލް އިސްލާމްއާއި، ޑީއެމް މޮބިންއެވެ. އެދެމީޙުންގެ ބަންދަށް އެންމެ ފަހުން ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެއްކަން ފުލުހުން ފާހަގަކުރެއެވެ.
މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ހުޅުމާލެއާއި މާލެއާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ، އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓައިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ