އެކްސިޑެންޓަށްފަހު އަދިވެސް ޒެރިންހާން ޝޮކެއްގައި

ބޮލީވުޑްގެ ތަރި ޒެރިންހާން އާއި ރަހުމަތްރިޔަކު ގޯއާ އިން މުމްބާއީ އަށް ފުރަން އެއާޕޯޓަށް ދިޔަމަގުމަތީގައި ދުއްވާފައި ދިޔަކާރުގައި ޖެހި މީހަކު މަރުވުމުން އަދިވެސް ޒެރިން ހުރީ ޝޮކެއްގައި ކަމަށް އޭނާ ބުނެފިއެވެ.
މިދިޔައަންގާރަ ދުވަހު ޒެރިން އާ ރަހުމަތްރެތިންތަކެއް ގޯއާގައި ޗުއްޓީ ހޭދަކުރުމަށް ފަހު މުމްބާއީ އަށް ފުރަން ދިޔަމަގުމަތީގައި ކާރު ޓްރެފިކް ލައިޓްގައި ޖެހިފައި އޮތްވާ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯނުވެ ގޮސް ކާރުގައި ޖެހިވަނީ ސައިކަލް ދުއްވަން އިން ޒުވާނާ މަރުވެފައެވެ.
އެކްސިޑެންޓަށްފަހު ޒެރިންހާން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ، ކުއްލިޔަކަށް އައިސް ސައިލަކް ކާރުގައި ޖެހުނު އިރު ސައިކަލް ދުއްވަން އިންޒުވާނާ ހުރީ ހެލްމެޓެއްވެސް ނާޅައެވެ. ސައިކަލް ޖެހުމާއެކު ކާރަށް ބޮޑު ލޮޅުމެއް އެރި ނަމަވެސް ޒެރިންއާއި ކާރު ދުއްވަން އިން ޑްރައިވަރަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ. ޒެރިން ބުނީ އެކްސިޑެންޓްވުމާއެކު އޭނަ އާއި ޑްރައިވަރު ކާރުންފައިބާ ޒަހަމްވިމީ ހާ އެމީހުންގެ އަތްމައްޗަށް ނަގާ އިތުރު ބައެއްގެ އެހީތެރިކަމާ އެކު ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ. ނަމަވެސް ޒެރިންއާ ޑަރައިވަރު ޕޮލިސްޓޭޝަނަށް ދިޔަ މަގުމަތީގައި ޒަހަމްވި މީހާ މަރުވިކަމުގެ ހަބަރު ލިބުމާއެކު އޭނައަށް ބޮޑު ޝޮކެއް ލިބުނުކަމަށެެވެ. "އަހަރެން އަދިވެސް މިހިރީ ބިރުން،އެކްސިޑެންޓްވި ވަގުތު ކާރުގައި ހުރީ ލޭ، އެމަންޒަރު އަދިވެސް ފެންނަ ކަހަލަ، އަދިެވސް އަހަރެންގެ ލޮލުން ކަރުނަ ނުހިކޭ" ޒެރިންހާން އެކްސިޑެންޓަށްފަހު ދިން އިންޓަވިއުގައި ބުންޏެވެ.
ޒެރިންހާން އިންޓަވިއުގައި އިތުރަށް ބުނީ، އެކްސިޑެންޓްވި ޒުވާނާގެ އާއިލާ އާބައްދަލު ކޮށްލަން ފުރުސަތު ނުލިބުނުކަށެވެ. "އާއިލާ އަކުން މީހަކު ހިތާމަވެރިގޮތަކަށް ވަކިވެގެން ދިޔުމަކީ ކިހާ ހިތްދަތިވާނެ ކަމެއް؟، މަރުވިމީހާގެ އާއިލާ އާށް ކެއްތެރރިކަން ދެއްވުމަށްއެދެން" ޒެރިންހާން ބުންޏެވެ
މީގެ ކުރިންވެސް ޒެރިން ދުއްވާފައި ދިޔަ ކާރުގައި ސައިކަލެއް ދުއްވާފައި ދިޔަ މީހަކު ޖެހިވަނީ އެކްސިޑެޓެއް ހިނގާފައެވެ. ނަމަވެސް އޭރު އެމީހާ ވަނީ ސަލާމަތްވެފައެވެ. ޒެރިންހާން ބުނީ އޭނާ އެދެނީ ސައިކަލް ދުއްވާ ފަރާތްތައް އަބަދުވެސް ޓްރެފިކް ގަވައިދާ އެއްގޮތަށް ހެލްމެޓް އެޅުމަށާއި ބާރު ސްޕީޑުގައި ނުދުއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ