އެކްޓަރު ކިޝޯރު މަރުވެއްޖެ

ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރި އެކްޓަރު ކިޝޯރު ޕްރަދަން މަރުވެއްޖެއެވެ. ކިޝޯރު މަރުވިއިރު އޭނާގެ އުމުރަކީ 86 އެކެވެ. ބޭރުގެ ރިޕޯޓްތައް ބުނަނީ ކިޝޯރު މަރުވި ސަބަބެއް ނޭނގޭ ކަމަށާއި އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެއް ބަލިވެ އުޅުމަށްފަހުގައި ކަމަށެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ މަރާޓީ ފިލްމު ކުޅެފައެވެ. ބޮލީވުޑްގެ ފިލްމު "ޖަބް ވީ މެޓް"ގައި ވެސް ކިޝޯރު ވަނީ ފެނިފައެވެ. އޭނާ ވަނީ ހޮލީވުޑް ބައެއް ފިލްމުތަކުންވެސް ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ