މިއަހަރު އޭސީސީއޭ ހެދި ދަރިވަރުން ފާސްވީ ބައިނަލްއަގްވާމީ މިންގަނޑަށްވުރެ މަތިން: ވިލާ ކޮލެޖް

ވިލާ ކޮލެޖުން މިއަހަރުގެ ޑިސެމްބަރުމަހު އެސޯސިއޭޝަން ފޮރ ސަރޓިފައިޑް ޗާޓަޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ އިމްތިހާނުތަކުގައި ވިލާކޮލެޖުގެ ދަރިވަރުންގެ އެވްރެޖް ނަތީޖާ ބައިންއަގުވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަޑަށް ވުރެ މަތިވެފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.
އެކޮލެޖުން ބުނެފައިވަނީ މިއަހަރުގެ ޑިސެމްބަރުމަހު ވިލާ ކޮލެޖުން އޭސީސީއޭ ހެދި ދަރިވަރުންގެ އެވްރެޖް ނަތީޖާ ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތިވެފައިވާ ކަމަށެވެ.
އޭސީސީއޭގެ ފުރަތަމަ ލެވެލްގެ ޕޭޕަރެއްކަމަށްވާ އެކައުންޓެންޓް އިން ބިޒްނަސްގެ ގްލޯބަލް އެވަރޭޖަކީ އެއްކަމަށް 83 އިންސައްތައެވެ. ނަމަވެސް ވިލާ ކޮލެޖުން އެޕޭޕަރު ހެދި ދަރިވަރުން ވަނީ އެއަށްވުރެ ބޮޑުތަނުން ކުރިއެރުން ހޯދާފައެވެ. އެކުދިންގެ ފާސްވެފައިވަނީ 91 އިންސައްތައިން ކަމަށް ވިލާ ކޮލެޖުން ބުނެފައިވެއެވެ.
މެނޭޖްމަންޓް އެކައުންޓިން ޕޭޕަރުގެ ގްލޯބަލް އެވަރޭޖަކީ 64 އިންސައްތަ ކަމަށްވާއިރު، ވިލާކޮލެޖްގެ ދަރިވަރުންގެ އެވަރޭޖަކީ 89 އިންސައްތަ ކަަމަށް އެކޮލެޖުން ބުނެފައިވެއެވެ.
އޭގެ އިތުރުން ފައިނޭންޝަލް މޮޑިއުލްގެ ގްލޯބަލް އެވަރެޖް 72 އިންސައްތައިގައި ހުރިއިރު އެކޮލެޖްގެ ދަރިވަރުން ފާސްވި ނިސްބަތަކީ 93 އިންސައްތަ ކަމަށް ވިލާކޮލެޖުން ބުނެފައިވެއެވެ.
އެޕްލައިޑް ސްކިލް ލެވެލްގެ މޮޑިއުލެއް ކަމަށްވާ ފައިނޭންޝަލް މެނޭޖްމަންޓް ޕޭޕަރުން ވިލާކޮލެޖުގެ ދަރިވަރުން 63 އިންސައްތައިން ފާސްވެފައިވާއިރު، މި ޕޭޕަރުގެ ގްލޯބަލް އެވަރޭޖަކީ 43 އިންސައްތަ ކަން އެކޮލެޖުން ފާހަގަކޮށްފައިވެއެވެ.
އޭސީސީއޭގެ އެންމެފަހު ލެވެލް ކަމަށްވާ ސްޓްރެޓީޖިކް ޕްރޮޕެޝަނަލް ލެވެލްގެ ސްޓްރެޓީޖިކް ބިޒްނަސް ލީޑަރ ޕޭޕާރުން ވިލާ ކޮލެޖުން ސަތޭކަ އިންސައްތައިގެ ފާސް ރޭޓް ހާސިލް ކޮށްފައިވެއެވެ. އެމާދައިގެ ގްލޯބަލް އެވަރެޖަކީ 48 އިންސައްތަ ކަަމަށް ވިލާ ކޮލެޖުން ހާމަކޮށްފައިވެއެވެ.
އަދި ސްޓްރެޓީޖިކް ބިޒްނަސް ރިޕޯޓިން މޮޑިއުލްގެ ދުނިޔޭގެ ނިސްބަތުން ފާސްވި އަދަދު 47 އިންސައްތައިގައި ހުރިއިރު ވިލާ ކޮލެޖުގެ 83 އިންސައްތަ ދަރިވަރުންވަނީ އެ މާއްދާއިން ފާސްވެފައެވެ.
އެކޮލެޖްގެ 4 ދަރިވަރަކު ޑިސެމްބަރުމަހު ބޭއްވި އިމްތިހާންގެ އޭސީސީއޭ ނޭޝަނަލް ޕްރައިޒް ހާސިލް ކޮށްފައިވާކަމަށް ވިލާ ކޮލެޖުން ބުނެފައިވެއެވެ. އޭސީސީ އިމްތިހާނަކީ ދުނިޔޭގެ އެތައް ގައުމެއްގެ ދަރިވަރުން ހަދަމުންދާ އިމްތިހާނެއް ކަން ފާހަގަކޮށްލެވެއެވެ.
ވިލާ ކޮލެޖަކީ މިހާރުވެސް އޭސީސީއޭގެ ގޯލްޑް ސްޓޭޓަސް ލާރނިން ޕްރޮވައިޑާރގެ މަގާމު ލިބިފައިވާ ކޮލެޖެއް ކަމަށްވާއިރު، އެކޮލެޖުން މިހާރު އަމާޒު ހިފާފައިވަނީ އޭސީސީއޭގެ ޕްލެޓިނަމް ސްޓޭޓަސް ހޯދުމަށް ކަމަށް އެކޮލެޖުން ބުނެފައިވެއެވެ.
ވިލާ ކޮލެޖުން ހިންގާ އޭސީސީއޭގެ ޖެނުއަރީ އިންޓޭކް ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ އެއްތިރީސް ވަނަ ދުވަސް ކަމަށް އެކޮލެޖުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ