ވައިކަރަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތަކަށް ވައިކަރަދޫ ކައުންސިލް މާލޭގައި

ހދ. ވައިކަރަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތައް ކުރުމުށް ވައިކަރަދޫ ކައުންސިލްގެ މެމްބަރުން މާލެ ވަޑައިގެންފިއެވެ.
ކައުންސިލްގެ މިދަތުރުގައި ވައިކަރަދޫގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއާ ގުޅޭގޮތުން ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާބެހޭ ގޮތުން ކަމާބެހޭ މުވައްސަސާތަކުގެ ވެރީންނާ ބައްދަލުކޮށް މަޝްވަރާ ކުރާނެކަމަށް ވައިކަރަދޫ ކައުންސިލްއިން ވީއެލްއަށް މަޢުލޫމާތުދިނެވެ. އަދި ވައިކަރަދޫގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާއި ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ކުރެވެން ހުރި ކަންކަމާމެދު ކަމާބެހޭ ދައުލަތުގެ މުވައްސަސާތަކުގެ ވެރީންނާ ބައްދަލުކޮށް މަޝްވަރާކުރުމަކީ މިދަތުރުގެ އެންމެ މުހިންމު އެއް މަޤްސަދު ކަމަށްވެސް ވައިކަރަދޫ ކައުންސިލުން ފާހަގަކުރިއެވެ.
ކައުންސިލްގެ މިދަތުރުގައި ހޯމަދުވަހު ވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޝިދާތާ ޝަރީފުގެ އިތުރުން އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ވެރީންނާ ބައްދަލު ކުރައްވާފައެވެ. އަދި އިއްޔެވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާ ބައްދަލުކުރައްވާ އެ މިނިސްޓްރީއާ ގުޅުންހުރި މުހިންމު ކަންކަން ހުށަހަޅުއްވާފައެވެ.
މި ބައްދަލުވުންތަކުގައި ވައިކަރަދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވަނީ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމާއި ނާއިބު ރައީސް ޢަބްދުﷲ ވާފިރުގެ އިތުރުން ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ މުޙައްމަދު ރަބީޢު އެވެ.
ކުރިޔަށް އޮތް 2 ދުވަހުވެސް ގިނަ ވުޒާރާތަކެއްގެ ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރީންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވައިކަރަދޫ ކައުންސިލުން މަޢުލޫމާތު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ