އަލިފާން ހިފި ސަރަހައްދުގެ ވައިގެ ތެރޭގަ ވިހަ މާއްދާތައް އެބަހުރި

ހުކުރު ދުވަހުގެ ރޭ ރޯވި ސަރަހައްދުގެ ވައިގެ ތެރޭގަ ވިހަ މާއްދާތައް އެބަހުރިކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ.
ކެމިކަލު ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރަހައްދުގެ ވައިގެ ތެރޭގައި ކެމިކަލްގެ އަސަރު ހުރި މިންވަރު ބެލުމަށް އީޕީއޭ އިން ކުރި ދިރާސާއަށް ފަހު އީޕީއޭއިން މިއަދު ބުނީ، ޓެސްޓު ކުރި ތިން ބާވަތުގެ ޕާޓިކަލްއަކީ ކާބަން މޮނޮކްސައިޑް، ނައިޓްރޮޖަންޑައި އޮކްސައިޑުގެ އިތުރުން ސަލްފަޑައި އޮކްސައިޑު އެބަހުރި ކަމަށެވެ.
ބޭނުމެއްނެތި އެ ސަރަހައްދަށް އެއްވެސް މީހަކު ނުދިއުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގައި ވިހަ މާއްދާތައް ހުރި މިންވަރުން މީހުންނަށް ގެއްލުވުމުގެ ފުުރުސަތު ކުޑަކަމަށް ވެސް އީޕީއޭއިން ބުނެއެވެ.
ހުކުރު ދުވަހުގެ ރޭ މާލޭގަ ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި އުމުރުން 49 އަހަރުގެ އަންހެނަކު ނިޔާވެ، ހަތް ގެއަކާ ހަތަރު ގުދަނެއްގަ ހުޅު ހިފިއެވެ.
މި ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ހިފީ ހ. ތިލަފުށި ކިޔާ ގެއެއްގައި އިން ކެމިލަކް ކުދަނެއްގަ އަލިފާން ހިފައިގެންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން 247 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ