ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ، ދައުލަތުން ލުއިކޮށް ކޮށްގެންވާނެ ކަމެއްނޫން: ނަޝީދު

ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެއްވެސް ދައުލަތަކުން ލުއިކޮށް ކޮށްގެންވާނެ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ބިލުގެ ފުރަތަމަ އިއުން އިއްވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހެއް ގެންނައިރު އެކަމާމެދު ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވިސްނަންޖެހޭ ކަމަށެވެ.
ސަރުކާރުން ޤާނޫނުއަސާސީގެ އަށްވަނަ ބާބަށް އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލް ތަކުގެ އުމުރު ދުގު ކުރުމާއި ކައުންސިލްގެ ރައީސް އިންތިހާބު ކުރުމާއި އަތޮޅު ކައުންސިލްގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަށެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މިއަދު ބިލުގެ ފުރަތަމަ ކިއުން ކިއުމަށްފަހު ވޯޓާ ހިސާބަށް ދޭން އޮންނަ ދެތިން ހަފްތާގެ މުއްދަތުގައި، ހުރިހާ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެކަން ބެއްލެވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އަދި އެ ބިލުގެ ބަހުސްގައި ހުރިހާ ރައްޔިތުން ބައިވެރިވެރިވުމަކީ އިންތިހާއަށް މުހިއްމުކަމެއ، ކަމަށާއި، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެއްވެސް މުޖުތަމައަކުންވެސް ލުއިކޮށް ދެކިގެންވާނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމަށް ފުރަތަަ މިކިއޭ އިސްލާހު އިތުރަށް ދެތިން ހަފްތާ ލިބޭނެ ވޯޓަށް އެހުމުގެ ކުރީގަ، ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ވަރަށް ބޮޑަށް ބެއްލެވުމަށް އެދެން އެބޭފުޅުންގެ ވަކީލުން އުޅުއްވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަވަން ކަމަށް، އެހެންވީމަ އެކަމާބެހޭގޮތުން ހުރި ވިސްނެވުމެއް ވިސްނަވަމުން ގެންދެވުމަކީ ވަރަށްބޮޑަށް އެދެވިގެންވާކަމެއް، ހުރިހާ ރައްޔިތުން މި ބަހުސްގައި ބައިވެރިވެ ވަޑައިގަތުމަކީ އިންތިހާއަށް މުހިއްމު ކަމެއ،ް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ލުއިކޮށް އެއްވެސް ދައުލަތަކުން ކޮށްގެންވާނެ ކަމެއްނޫން، އެއްވެސް މުޖުތަމައަކުންވެސް ލުއިކޮށް ދެކިގެންވާނެ ކަމެއްނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ