އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކް ބަލަހައްޓާ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކޮށްފި

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތުގައި އެ ދެ ސިޓީގައި ހަރަކާތްތެރިވާ އެންވަޔަރަންމަންޓު މިނިސްޓްރީގެ މުވައްޒަފުންނަކީ އެ ދެ ސިޓީގެ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ކަނޑައަޅައިފިއެވެ.
މި ބަދަލަކީ، މިއަހަރު ތިމާވެށީގެ ދުވަހު، 5 ޖޫން 2021، ގައި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލައް ސިޓީ ކައުންސިލާއެކު އެނަވަޔަރަމެންޓް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނެވުނު ބަދަލެއްކަމަށް މިނިސްޓްރީން ބުނެއެވެ.
މިބަދަލު ގެނައުއުމުގެ އެންމެ ބޮޑު ބޭނުމަކީ، ތިމާވެށީގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ހިންގާ ބެލެހެއްޓުން ލާމަރުކަޒުކޮށް އެ ސަރަޙައްދެއް ނިސްބަތްވާ ކައުންސިލުގެ ދައުރު ފުޅާކޮށް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ އެއްގޮތަށް މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކުރުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން އެ ދެސިޓީގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުން ލިބޭ މާލީ ފައިދާއާއި، ނޭޗަރ ޕާކް ހިންގުމަށް ޤާއިމްކޮށްފައިވާ އިމާރާތްތަކާއި އަދި އެންމެހާ މުދަލެއް ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ