ބައްޝާރުލް އަސަދު ވެރިކަން ދޫކޮށްލަން ތައްޔާރު: ރަޝިއާ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަން ދޫކޮށް ހަމަނުޖެހުންތައް ހުއްޓުވުމަކަށް ގެނައުމަށް ތައްޔާރަށް ހުންނެވިކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާއިން މިހެން ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ ދުވަހު ނޫހެއްކަމަށްވާ އަލް އަރަބިއްޔަގެ އަލް ވަތަންއަށް ރަޝިއާ ޑެޕިއުޓީ ފޮރިން މިނިސްޓަރ މިޚައިލް ބޮގްޑަނޯވް ދެއްވި އިންޓަވިއު އެއްގައެވެ.
މި އިންޓަވިއު އެ ނޫހުގައި ޝާއިރުކުރިތާ އިރުކޮޅެއްގެ ތެރޭގައި ރަޝިއާއިން މިހަބަރު ދޮގުކޮށްފައި ވީނަމަވެސް އަލް ވަތަން ނޫހުން ބުނެފައިވަނި އެ ނޫހުން ރިޕޯޓް ކޮށްފައިވަނީ ރަޝިއާގެ ޑެޕިއުޓީ މިނިސްޓަރ މިޚައިލް އަލް ވަތަންއަށް ނޫހަށް މިދިޔަ އަންގާރަދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
އަލް ވަތަން ނޫހުގައި އިތުރަށް ބުނެފައިވަނީ އަސަދުގެ ކޮއްކޮ މަހާ އަލްއަސަދުގެ ދެ ފައި މިދިޔަ މަހު އިދިކޮޅު ފަރާތްތަކުން ދިން ހަމަލާއެއްގެ ސަބަބުން ބުރިކޮށްލައިފައި ވާކަމަށާއި، މިކަމުން އޭނާ ދިރިއުޅެން ބޮޑެތި ދަތިތަކާއި ކުރިމަތި ވެފައިވާކަމަށެވެ.
އަލް ވަތަން ނޫހަށް ގިނަ ބައެއްގެ ފާޑުކިއުންތައް ކުރިމަތވުމުން މިޚައިލް އަލް ވަތަންއަށް ދެއްވި އިންޓަވިއުގެ އަނޑު އަލް ވަތަންގެ އޮންލައިން ވެބްސައިޓް ކަމަށްވާ އަލް އަރަބިއްޔާ ގައި ވަނީ ޝާއިރުކޮށްފައެވެ.
މި ރިކޯޑިންގައި ރަޝިއާއިން ސީރިއާގެ ހަމަނުޖެހުމަށް އަވަސް ހައްލެއް ބޭނުންވާކަމަށާއި، ސީރިއާގެ މައްސަލަތަކަށް ވަގުތި ހައްލަކަށްވުރެއް ދާއިމީ ހައްލެއް ބޭނުންވާ ކަމަށްވެސް މިޚައިލް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ