ނަޝީދުގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހިތަން ފެނިފައިނުވާ ކަމަށް ބޮޑީގާޑުން ބުނެފި: ޕޮލިސް

އެމްޑީޕީން އަވަސް އިންތިހާބަކަށް ގޮވާލާ ކުރަމުން އަންނަ މުޒާހަރާގައި ސީދާ ރައީސް މުހައްމަދު ނަޝީދުގެ ލޯފުޅަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހި މަންޒަރު ނުފެންނަ ކަމަށް ރައީސް ނަޝީދުގެ ސެކިއުރިޓީންގެ ގޮތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕުން ބުނެފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ނަޝީދުގެ ބޮޑިގާޑުން ގޮތުގައި އެރޭ ހަރަކާތްތެރިވި މީހުންނާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އެރޭ ރައީސް ނަޝީދުގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހިތަން ނުދެކޭ ކަމަށާއި އަދި ޕެޕަރ ސްޕްރޭ ޖެހި ކަމަށް ބުނާ ފުލުސް މީހާ ވެސް ނޭނގޭކަމަށެވެ.
މިމަހު 14ގައި އެމްޑީޕީން ކުރި މުޒާހަރާގައި އެއްވެސް މީހަކަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާފައިނުވާކަމަށާއި ނަމަވެސް މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް އެމީހުންގެ ތެރެއަށް ގެނެސް މުޒާހަރާގެ ބައިވެރިން ފުލުހުންގެ ކޯޑަށް ކޮށްފައިވާ ސަރަހައްދު ތެރެއަށްވަދެ، އެސަރަހައްދު ހަލަބޮލި ކުރަން ފެށުމުން ފުލުހުން ސެކިއުރިޓީ ލައިން ވަރުގަދަ ކުރުމުގެ ގޮތުން، މުޒާހަރާ ކުރާ މީހުން ފުލުހުން ކޯޑަން ކޮށްފައިވާ ސަރަހައްދުން ބޭރަށް ދިރާގް ލައިޓް ކައިރިއަށް ދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީފައިވާކަމަށް ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައެވެ.
ފުލުހުންގެ އެންގުމާ އެއްގޮތަށް ޗާންދަނީ މަގުން އުތުރުފަރާތުގައި ތިބި މީހުން ފިޔަވައި މުޒާހަރާގެ ދެންތިބި ބައިވެރިން ފަހަތަށް ޖެހިފައިވާ ކަމަށާއި ނަމަވެސް ޗާންދަނީމަގުގެ އިރުމަތީ ފަރާތުން ފްރެޝް އެއަރ ފިހާރަ ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން އިތުރަށް ޗާންދަނީ މަގުން އުތުރަށް ކުރިއަށް ދިއުމަށްޓަކައި ފުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތްކޮށް ހަމަނުޖެހުން ހިންގަން ފެށުމުން، އެވަގުތު އެތަނުގެ ހާލަތަށް ބެލުމަށްފަހު މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕުރޭ ބޭނުންކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ ލޯފުޅަށް ޕެޕަރ ސްޕްރޭ ޖެހިކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްްސް ކޮމިޝަނުން ވެސްވަނީ ބަލަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ