"ބްރެކްޒިޓަށް" ފަހު ވިޔަފާރިކުރުމާ ބެހޭގޮތުން ރާއްޖެއާ ޔޫކޭއިން މަޝްވަރާކޮށްފި

އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުން (ބްރެކްޒިޓް)އަށް ފަހު ވިޔަފާރީގެ ގުޅުންތައް ބޭއްވުމާ ބެހޭގޮތުން އެގައުމާއި ރާއްޖެއާ ދެމެދު މަޝްވަރާކޮށްފިއެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގައި އަދިވެސް ވަނީ އެއްބަސްވުމަށް ނާދެވިފައެވެ. އިނގިރޭސިވިލާތުގެ ޕާލިމަންޓް މެމްބަރެއް ކަމަށްވާ ހެލަން ގްރޭންޓް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމަށް ފަހު ރާއްޖެއާ ވިޔަފާރީގެ ގޮތުން އޮތް ބޮޑެތި ފުރުސަތުތަކާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު މަޝްވަރާކުރެއްވި ކަމަށެވެ. އޭގެ އިތުރުން ރާއްޖެއާ އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް އޭނާއާއެކު ވަނީ މަޝްވަރާކޮށްފައެވެ. https://twitter.com/HelenGrantMP/status/1138824570025234432 ފޮރިން މިނިސްޓަރު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުންދާ ދަތުރުގައި މިއަދު ވަނީ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއް ކަަމަށްވާ ލޯޑް ބިލިމޯރިއާއާ ބައްދަލުކުރައްވައި ވިޔަފާރިއާ ތައުލީމީ ދާއިރާއިން މަޝްވަރާކޮށްފައެވެ. https://twitter.com/maldivesembuk/status/1138821189487517696 އޭގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖެރެމީ ހަންޓްް އާއި ފޮރިން އޮފީހުގެ އިސް އެހެން ބޭފުޅުންްނާ މިއަދު ވަނީ ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީ ހުޅުވުމާ ބެހޭގޮތުން މަޝްވަރާތައް ބާއްވައިފައެވެ. https://twitter.com/foreignoffice/status/1138813636892401664 ޝާހިދުގެ ދަތުރުގައި މިއަދު ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ލިޔުންތައްވެސް ހުށަހަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ