މިސްރުން މިއަދު ފާހަގަކުރާ ރިވޮލިއުޝަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ފޮރިން މިނިސްޓަރަށް ޝާހިދު ފޮނުއްވައިފި

މިސްރުން މިއަދު ފާހަގަކުރާ ރިވޮލިއުޝަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ފޮރިން މިނިސްޓަރު ސާމް ހަސަން ޝުކީ އަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވައިފި އެވެ.
މިއަދު މިނިސްޓަރު ޝާހިދު މިސްރުގެ ފޮރިން މިނިސްޓަރަށް ފޮނުއްވި މެސެޖުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައި މިސްރުގެ ރައްޔިތުންނާއި ސަރުކާރަށް ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ. އަދި މިސްރުގެ ރައްޔިތުންނަށް އުފާވެރި ފާގަތި ދުވަސްތަކަކަށް އެދޭ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ފޮރިން މިނިސްޓަރީ އިން މައުލޫމާތު ދެއެވެ.
މިސްރުން ރިވޮލިއުޝަން ދުވަސް ފާހަގަކުރަނީ 1952 ވަނަ އަހަރު މިސްރުގައި ދެމިއޮތް ރަސްކަން ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވުމާ ގުޅިގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ