ކެމްޕޭން ދަތުރުފުޅެއްގައި ނަޝީދު ލަންކާ އަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕޭންގެ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ އަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 15 ގެ ނިޔަލަށް ނަޝީދު ލަންކާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ނަޝީދު ލަންކާ އަށް ފުރާވަޑައިގެންފައިވާއިރު މިރޭ އެގައުމުގައި އެމްޑީޕީގެ ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ 7 ޖަހާއިރު ބާއްވާ މި ޖަލްސާ އޮންނާނީ ޝަހަރަން ބަންކުއެޓް ހޯލުގައެވެ.
ކެމްޕޭން އިވެންޓުގެ އިތުރުން ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާ އޭޝިއާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަންގެ ބައްދަލުވުމުގައި ވެސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަޝީދު މީގެކުރިން ވަނީ ވަޑައިގެންފައެވެ. މަޖިލިސް އިންތިހާބުގައި އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ