ރީކޯ މޫސަގެ ކާރުކޮޅުގެ ތެރެއިން ބަނގުރަލާ އެކު ހައްޔަރު ކުރި ހަތަރު ބިދޭސީންގެ އިތުރުން، އިތުރު މީހަކު ފިލައިގެން ދަނީ އުޅެމުން: ޕޮލިސް
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ކާރުކޮޅުގެ ތެރެއިން 168 ފުޅި ބަނގުރަލާ އެކު ހައްޔަރު ކުރި ހަތަރު ބިދޭސީންގެ އިތުރުން، އިތުރު މީހަކު ފިލައިގެން އުޅެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.ފުލުހުން ބުނީ އަންގާރަ ދުވަހުގެރޭ ނުވައެއް ޖަހާކަންހާއިރު 4674 ޕީ ނަމްބަރުގެ ކާރުން މ. ކުރަހާގެ އަށް ރާފުޅިތައް ބާލަން އުޅެނިކޮށް ރާ ފުޅިތަކާއެކު ހައްޔަރު ކުރި ހަތަރު ބިދޭސީންގެ އިތުރުން، އެކަމާ ގުޅުން ހުރި އިތުރު މީހަކު ފިލައިގެން ރާއްޖޭން ބޭރުގައި އުޅެމުންދާ ކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީ އެއް ކަމެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ.ފުލުހުން ބުނީ މިމައްސަލައިގައި ބިދޭސީ މީހުންނާއި ގުޅިފައިވާ މީހަކީ އަދި ބަނގުރާތައް ބޮންޑެޑް ވެއަރހައުސްއިން ގަވާއިދާއި ޚިލާފަށް ނެރެ މާލެއާއި ހަމައަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ ކަމަށް ބެލެވޭ މީހާއަކީ އެކަކު ކަމަށްވެފައި އެމީހާ ވަނީ އެކަން ހިނގި ވަގުތުން ފެށިގެން އެއްވެސް މީހަކަށް ނުގުޅޭ ގޮތަށް ފޯނު ނިވާލުމަށްފަހު ހަމައެރޭ ރާއްޖެއިން ފިލައިގެން ގޮސްފައި ކަމަށް ވާތީ މިއީ އޭނާ އާއި އެހެން ފަރާތަކާ ގުޅިގެން ވަރަށް ބޮޑަށް ރޭވިގެން ހިންގާފައިވާ ކަމެއްކަމަށް ބެލެވޭތީ މިކަން ރާވާ ހިނގާފައިވާ ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ