މިއަދު ޕޮޒިޓިވްވީ 37 މީހުން

ފާއިތުވި 24 ގަޑިއިރުގައި ނެގި 1،753 ސާމްޕަލް އިން 37 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހުންނާއި މީހުން އުޅޭ ރަށްތަކުން ޕޮޒިޓިވްވި ދެމީހުންނާއި ރިޒޯޓުތަކުން ޕޮޒިޓިވްވި ދެމީހުންގެ އިތުރުން އެބްރޯޑުން ޕޮޒިޓިވްވި ތިން މީހުން ކަމަށެވެ. އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ ވަނީ މިހާރު 13،143 އަށް އަރާފައެވެ. މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 890 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 78 މީހަކަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ ވަނީ މިހާރު 12،199 އަށް އަރާފައެވެ. ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 47 މީހުން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ