އުފާވެރި ހަޔާތެއް ލިބޭނީ ދުޅަހެޔޮ ހިތަކާއެކު: މިނިސްޓަރ އަސްލަމް

އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު ކަމަށް ހެލްތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.ދުނިޔޭގައި ފާހަގަ ކުރާ ހިތުގެ ދުވަހާ ގުޅުވައި މިނިސްޓަރު އަސްލަމް މިއަދު ހިއްސާ ކުރެއްވި ކުރުކުރު ވިޑިއޯ މެސެޖެއް މެދުވެރިކޮށް ވިދާޅުވީ "މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން" ކަމަށެވެ އެގޮތުން މި މެސެޖުގައި އަސްލަމް ވިދާޅުވީ މިއަދު އަޒުމް ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހައި ކަންކަމާ ދުރުހެލިވެ، ހިތުގެ ވިންދު ޖެހުން ދުޅަހެޔޮކޮށް ބަހައްޓަން ކަމަށެވެ. އެގޮތުން އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.އަދި މުޅި ދުނިޔެ ވެސް މިހާރު ހޭދަކުރަމުން މިގެންދަނީ ހިތާމަވެރި ދުވަސްތަކެއް ކަމަށާއި އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އެންމެން ވެސް އަންނަނީ ހިތާމަތަކާއި ކުރިމަތިލަމުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ."ކޮވިޑް-19 ގައި އަޅުގަނޑުމެން އެންމެން ވެސް މިގެންދަނީ ހިތާމަތަކާ ކުރިމަތިލަމުން މިފަދަ ދުވަސްވަރެއްގައި ވެސް އަޅުގަނޑުމެން ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރަން ޖެހޭ. ކަސްރަތު ކުރުމާއި ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ހިތްހަމަ ޖެހުން ލިބިގަންނަންޖެހޭނެ. އިރާދަ ކުރެެއްވިއްޔާ އަޅުގަނޑުމެން މި ހިތްދަތި ދުވަސްތަކުން އަރައިގަންނާނެ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.މިހާރު ހޭދަކުރަމުންދާ ހިތްދަތި ދުވަސްތަކުން އަރައިގަންނާނެ ކަމަށާއި ހުރިހާ ދިވެހިންނަށް ވެސް އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތަކަށް އެދޭ ކަމަށްވެސް މިނިސްޓަރުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ