"ކަސޯޓީ" ނިންމާލުމަކީ މައްސަލައެއް ނޫން: އެރިކާ ފެނާންޑޭޒް

ދައްކަން ފެށިތާ ދެ އަހަރެއްހާ ދުވަސް ފަހުން ސްޓާ ޕްލަސްގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ނިންމާލުމަކީ މައްސަލައެއް ނޫން ކަމަށް އޭގެ ބަތަލާ އެރިކާ ފެނަންޑޭޒް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ސިލްސިލާގެ ޓީމުން މިހާރު ވަނީ އޭގެ ހުރިހާ އެޕިސޯޑްތަކެއްގެ ޝޫޓިން ނިންމައި އެއިން އަތްދޫކޮށްލައިފަ އެވެ. އެހެންވެ އަންނަ މަހުގެ ކުރީކޮޅު "ކަސޯޓީ" އަށް ނިމުން އަންނާނެ އެވެ.
މިދިޔަ އަހަރު ދައްކަން ފެށި "ކަސޯޓީ" އަކީ މީގެ އަހަރުތަކެއް ކުރިން އެކްތާ ކަޕޫރް ހަމަ އެ ނަމުގައި ގެނެސްދިން ސިލްސިލާގެ ކެރެކްޓާތައް ހިމަނައިގެން މުޅިން ތަފާތު ކާސްޓަކާ އެކު ގެނެސްދޭން ފެށި އެއްޗެކެވެ. ނަމަވެސް ކުރީގެ ސިލްސިލާ އަށް ލިބުނު ވަރުގެ ތަރުހީބެއް އާ ސިލްސިލާއަކަށް ނުލިބެ އެވެ. އެހެންވެ އެހާ އަވަހަށް އެ ނިންމައިލަން ބޭނުންވި އެއް ސަބަބަކީ ވެސް އެއީ އެވެ. އަނެއް ސަބަބަކީ "ކަސޯޓީ" ގެ މުހިއްމު ތަރިންތަކެއް ތަކުރާރުކޮށް ވަކިވާތީ ކާސްޓުން ބަދަލުކުރަން ޖެހުމެވެ.
The final chapter of the kasautii has begun! Watch the last two weeks of #KasautiiZindagiiKay, Mon-Sat, 8pm only on StarPlus and Disney+ Hotstar: https://t.co/Y0g4uegfIO@IamEJF @LaghateParth #AamnaSharif @TheKaranPatel pic.twitter.com/5PSYVW1WbB— StarPlus (@StarPlus) September 22, 2020
މި ފަހަރު "ކަސޯޓީ" ގައި ލީޑް ބަތަލާ ޕްރޭނާގެ ރޯލް ކުޅޭ އެރިކާ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ސިލްސިލާ އަށް ނިންމައިލުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
"ކޮންމެ އެއްޗަކަށް ވެސް ނިމުން އަންނާނެ. އާ އެއްޗެއް އަންނާނީ ވެސް ކުރިން ގެނެސްދިން އެއްޗަކަށް ނިމުން ވެސް ގެނެސްގެން. އަދި ކޮންމެ ވާހަކައަކަށް ވެސް ނިމުމެއް އަންނާނެ. އެއީ އަހަރެމެން އެކްޓްކުރާ މީހުންގެ ބާރުގެ ދަށުގައި އޮންނަ ކަމެއް ވެސް ނޫން،" އޭނާ ބުންޏެވެ.
އެރިކާ ބުނި ގޮތުގައި ކުރީގެ "ކަސޯޓީ" އަށް ލިބުނު ވަރުގެ ތަރުހީބެއް މިހާރު ގެނެސްދޭ ސިލްސިލާ އަށް ނުލިބުމަކީ ވެސް ދޭތި އަޅާކިޔަން ޖެހޭ ސަބަބެއް ނޫނެވެ.
"އެހާރާއި މިހާރު އޯޑިއަންސާއި މީސްމީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތައް ވެސް ވަރަށް ތަފާތު. އެހެންވެ އުންމީދު ވެސްކޮށްގެން ނުވާނެ މީގެ ވިހި އަހަރު ކުރިން އެއްޗަކަށް ލިބުނު ވަރުގެ މަގުބޫލުމެއް މިހާރު ލިބެން ޖެހޭނެ ކަމަކަށް،" އޭނާ ބުންޏެވެ. "އަހަރެން ހަމަ ގައިމު ވެސް ދޭތި ކޮމްޕެއާއެއް ނުކުރާނަން. އެކަމަކު އުފާކުރަން ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ކެރެކްޓާއެއް ކުޅެން ލިބުނީމަ."
ސެޕްޓެމްބަރު 25، 2018 ގައި ދައްކަން ފެށި "ކަސޯޓީ" ގެ 460 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. ކުރީގެ "ކަސޯޓީ" އަކީ އަށް އަހަރަށް ދެމިގެން ދިޔަ ސިލްސިލާއެކެވެ. އެގޮތުން 2001-2008 އަށް ގެނެސްދިން ސިލްސިލާގެ 1،423 އެޕިސޯޑް ގެނެސްދިނެވެ.
Inthiraazah nimumeh, "Kasauti" mirey dhakkan fashaane
Mihaaru
އެ ސިލްސިލާގެ މުހިއްމު ތަރިންނަކީ ޝްވޭތާ ތިވާރީ (ޕްރޭނާ)، ސުޒާން ޚާން (އަނޫރާގް ބާސޫ) އަދި ރޯނިތު ރޯއި (ރޭޝަބް ބަޖާޖް) އެވެ.
"ކަސޯޓީ" ނިންމައިލާ އިރު ސްޓާ ޕްލަސް އިން މިހާރު އަންނަނީ އާ ދެ ސިލްސިލާއެއް ގެނެސްދޭން ތައްޔާތުވަމުންނެވެ. އެއީ އެ ޗެނެލުން 2010-2017 އަށް ގެނެސްދިން "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނާއި "ޢަމް ހެ ކިސީ ކޭ ޕިޔާރު މޭ" އެވެ. އެ ދެ ސިލްސިލާގެ ޕްރޮމޯތައް ވެސް ދައްކަމުން އަންނަ އިރު "ޢަމް ކިސީ ކެ ޕިޔާރު މޭ" ދައްކަން ފަށާނީ އަންނަ މަހުގެ 5 ގަ އެވެ. "ސާތު ނިބާނާ ސާތިޔާ 2" ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ