ޔާމީން މިނިވަންކުރުމަށް ޕީޕީއެމް-ޕީއެންސީއިން ޗައިނާއާ މަޝްވަރާ ކުރަނީ

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމުށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ޗައިނާއާ މަޝްވަރާކޮށްފިއެވެ.
މީ ޕީޕަލް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުހައްމަދު ސާއިދު ކުއްލި ގޮތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ޗައިނާގެ ވެރިރަށް ބޭޖީންގްގައެވެ.
ޔާމީން އަދި ސައީދަކީ ވެސް ޗައިނާއާ ގާތްގުޅުމުއް ބާއްވާ ދެ ބޭފުޅުންނެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު އެ މަގާމުގައި ހުންނެވިއިރު ޗައިނާއިން ބޮޑު އިންޓްރެސްޓުގައި ގިނަ ލޯނުތަކެއް ނަންގަވާފައިވެއެވެ. އަދި ޗައިނާއިން އިސްވެ މާލޭގައި ހެދި އޭއައިއައިބީގެ ގަވަރުނަރު ބޯޑު މެންބަރުކަންވެސް އަދާކުރައްވާފައިވެއެވެ.
ޗައިނާއާއެކު މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދެވިފައިވަނީ އިދިކޮޅު ކޯލިޝަނުން އިންޑިއާއާ މެދު ނަފްރަތު އުފައްދައި އިންޑިއާ ދެކޮޅު ހަރަކާތުގެ އަޑު ގަދަވެފައިވަނިކޮށެވެ. ޗައިނާއާއެކު ބޭއްވި މަޝްވަރާގައި އެ ހަރަކާތުގައި ގުޅޭ މައުލޫމާތު ދީފައިވާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ