ކަރީނާގެ ބަނޑަށް 3 މަހާއި ބައި، ވިހާނީ ފެބްރުއަރީގައި

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ކަރީނާ ކަޕޫރު ހާން އަދި ސައިފް އަލީ ހާން އަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ހަބަރު ވެގެން ދިޔައީ އޭނާގެ ފޭނުންނަށް ވަރަށް އުފާވެރި ހަބަރަކަށެވެ. ކަރީނާ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން އެނގުމުން ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.
ކަރީނާާގެ ގާތް މީހަކާ ހަވައިލާދީ އީ ޓައިމްސްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކަރީނާގެ ބަނޑަށް މިހާރު ތިން މަހާއި ބައި ވެއްޖެއެވެ. ކަރީނާ ވިހާނެ ކަމަށް ޑޮކްޑަރުން ބުނެފައިވަނީ މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކަރީނާ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު ކަމަށްވާ ޓައިމޫރު އަލީ ހާން އަށް ބަލިވެ އިން ދުވަސްވަރުވެސް ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދައިފައެވެ. އެގޮތުން ޓައިމޫރު ވިހެއުމަށް ފަހު އެހާ ބޮޑު ބްރޭކެއް ނުނަގައި ކަރީނާ ވަނީ ފިލްމުތަކުގައި މަސައްކަތް ކުރަން ވެސް ފަށައިފައެވެ.
ކަރީނާ އަދި ސައިފް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަން އިއުލާން ކުރުމުގެ ތަންކޮޅެއް ކުރިން އެދެމީހުން ވަނީ ދެވަނަ ކުއްޖަކު ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޗެޓް ޝޯއެއްގައި ބުނެފައެވެ. ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރު އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވަނީ ދެދަރިން ތިބުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ