ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރަން އިންޑިއާއެކު މަޝްވަރާކޮށްފި

ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމާ ގުޅޭގޮތުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއެކު ސިވިލް ސާވިސް ކޮމިޝަނުން މަޝްވަރާކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ ކޮމިޝަނުގެ މެންބަރުން އިންޑިއާ ސަފީރާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އިންޑިއަން ހައިކޮމިޝަނުގައި ބޭއްވި މިބައްދަލު ކުރެއްވުމުގައި ސިވިލް ސާވިސް ކޮމިޝަމނުގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހިމް ރަޝީދާއި މެންބަރު މުހައްމަދދު ފަރުޝަތު ބައިވެރިވެ ވަޑައިގެންނެވިއެވެ. ސީއެސްސީ އިން ބުނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ސިވިލް ސާވިސްގެ އިދާރާތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ކުރިއަށް ގެންދިއުމުގައި ބޭނުންވާނެ ވަސީލަތްތަށް ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި، ސިވިލް ސާވެންޓުން ތަމްރީން ކުރަން އެމްއޯޔޫއެއްގައި ވަނީ ސޮއި ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ