ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވީ އެ އޮފީހުގެ އިދާރީ މުވައްޒަފަކު ކަމަށެވެ. އެހެންކަމުން އެ އޮފީސް ބަންދުކޮށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އޭނާ ބުންޏެވެ.
ޝަފީއު ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފަކާއި މާގިނަ އެހެން މުވައްޒަފުން ކޮންޓެކްޓުވެފައި ނުވާ ކަމަށެވެ. ޕޮޒިޓިވްވީ އެ އޮފީހުގެ މަސައްކަތު މުވައްޒަފެކެވެ. ޝަފީއު ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފާއި ކޮންޓެކްޓުވި މުވައްޒަފުން ދެނެގަތުމަށްފަހު ލިސްޓެއް އެކުލާވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އެ ލިސްޓު އެޗްޕީއޭ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އިއްޔެވެސް ރާއްޖެއިން ވަނީ 16 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2517އަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ