އިތުރު 19 މީހަކު ރަނގަޅުވެ، 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އިން އިތުރު 19 މީހަކު ރަނގަޅުވެ، އިތުރު 33 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ، މި ބައްޔަށް މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ 18 މީހަކާއި 12 ދިވެއްސަކާއި އިންޑިއާގެ ތިން މީހަކު ކަމަށެވެ. އިއްޔެ، މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 25 މީހުންނެވެ.
މިހާތަނަށް 2،468 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު، މިހާރު ތިބި ޕޮޒިޓިވް މީހުންގެ އަދަދަކީ 403 އެވެ. އެއީ 2،049 މީހަކު ރަނގަޅުވެ އަދި ޕޮޒިޓިވް 11 މީހަކު މިހާތަނަށް ވަނީ މަރުވެފައި ވާތީ އެވެ.
މާޗު 7 ގައި ރާއްޖެ އިން ކޮވިޑް-19 ފެނުމާ އެކު، ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހު، ހާލަތަށް ރިއާޔަތްކޮށް، މިހާރު ވަނީ އެ ފިޔަވަޅުތައް ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ. މާޗު 19 ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ފަހު މިއަދު ވަނީ އަލުން ހުޅުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ