ބީއެމްއެލްގެ ހިދުމަތްތައް މިހަފްތާގައި ފަސް ދުވަހު ލިބޭނެ

މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބީއެމްއެލް ހުޅުވައި ހިދުމަތް ފޯރުކޮށްދޭނީ ހެނދުނު 08:30 އިން ފެށިގެން 14:00 ކަމަށް ބީއެމްއެލް އިން ބުނެފި އެވެ. ބީއެމްއެލް އިން ބުނެފައިވަނީ މާދަމާ އިން ފެށިގެން ބީއެމްއެލްގެ ހިދުމަތްތައް ދޭން ފަށާއިރު ފޯރުކޮށްދޭނީ އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ކަމަށެވެ. މާލެ ސިޓީގައި ގާއިމުކޮށްފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލް އިން ބުނެފައިވަނީ ކޮންމެ އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމެންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބްރާންޗްތައް ހުޅުވާލި ނަމަވެސް މީގެ ކުރިން ދެމުން އައި ބައެއް ހިދުމަތްތައް މި މުއްދަތުގެ ތެރޭގައި ދޭނީ ހަމައެކަނި އޮންލައިންކޮށް އަދި އޭޓީއެމް މެދުވެރިކޮށެވެ. އޭގެ ތެރެއިން ހަމައެކަނި އޮންލައިންކޮށް ދޭ ހިދުމަތްތަކަކީ؛ ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން) ލޯކަލް ބޭންކް ޓްރާންސްފަރ މީރާއަށް ފައިސާ ދެއްކެމުގެ ހިދުމަތް ޕީއޯއެސްގެ ހިދުމަތަށް އެދި ހުށަހެޅުން ހަމައެކަނި އޭޓީއެމް އިން ދޭ ހިދުމަތްތަކަކީ: ނަގުދު ފައިސާ ޖަމާކުރުން: ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ، އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ.ޗެކު ޖަމާޖުރުން. ބޭންކް ހުޅުވާ ކޮންމެ ދުވަހަކު ވެސް އޮންލައިންކޮށް ހިދުމަތްތައް ދެމުންދާނެ އެންމެ ފަހު ވަގުތުތަކާއި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ބީއެމްއެލް އަދި އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތުތަކުގެ ތަފްސީލު މި ލިންކުން ބަލައިލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ