ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިޤްތިޞާދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހަ މީހުންނާއެކު މ.އަތޮޅުގެ އިރުމަތީ ފަރާތުން، 37 ނޯޓިކަލް މޭލު ބޭރުން އެ ބޯޓު، މަސްވެރިކަން ކުރަމުންދާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އެސަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ދޯނިންކަމަށެވެ.
އިޤްތިޞާދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް މިމަހުގެ 3 ވަނަ ދުވަހު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓްގެ އެހީތެރިކަމާއެކު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ދިފާއީ ބާރުތަކުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ އިޤްތިސޯދީ ކަނޑުގެ ސަރަޙައްދުގައި މިބޯޓު މަސްވެރިކަން ކުރަމުންދިޔަ މައްސަލަ ކަމާއިބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ