ރާއްޖެއިން ކިޔެވުމުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދެނީ

ރާއްޖޭގެ ޔުނިވާސިޓީތަކުން ކިޔެވުމުން ވެސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ދަރަޖަތަކެއް ވަރަށް އަވަހަށް ކަނޑައަޅަން ވިސްނާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާބެހޭ ގޮތުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަހާސިންތާގެ އިފްތިތާހީ ޖަލްސާގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއިން ތައުލީމު ހާސިލުކޮށްފައިވާ މީހުންގެ ތެރޭގައި ދީނީ ނަސޭހަތް ދިނުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި ކަމަށެވެ.ދީނީ ނަސޭހަތް ދިނުމުގެ ގަވާއިދު މިހާރު އޮތް ގޮތުން ހުއްދަ ދެވެނީ ބޭރުގެ ޔުނިވާސިޓީއަކުން ކިޔަވާފައިވާ މީހުންނަށް އެކަނިކަން ޝަހީމް ފާހަގަކުރެއްވި އެވެ.ޝަހީމް ވިދާޅުވީ ރާއްޖޭގައި ވައުޒާއި އިރުޝާދާއި ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާ ކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާ އަބަދުވެސް އިހުތިރާމު ކުރާނެ ކަމަށެވެ.އިސްލާމީ ފިގުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއް ކަމަށާއި ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވާއިދެއް ކަމުގައި ޝަހީމް ވިދާޅުވި އެވެ. "އެހެންވެ މިކަންކަން ދަރަޖަކުރުމާމެދު ވިސްނަން ޖެހެނީ. މުޖުތަމައު ސަލާމަތް ކުރުމަށް. ސްކޫލް މާހައުލު އިސްލާމްދީނާ ގާތްކުރަން،" އޭނާ ވިދާޅުވި އެވެ.ވައުޒު ބުނުމާއި އިރުޝާދު ދިނުމާއި ފަތުވާ ދިނުމަކީ މާތް ކަމެއް ކަމަށާއި، އެކަންކަމުގައި ދަރަޖަތައް ކަނޑައެޅުމަށް މިއަދުގެ މަހާސިންތާގައި އިލްމުވެރިން ވިސްނާވަޑައިގެން ލަފާ ދެއްވުމަށް ޝަހީމް އެެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ