ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާ ފަށައިފިއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ކުރިއަށްދާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު، އެންމެންވެސް ތިބީ ދިދަތައް ހިފައިންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުން ފްލައިޓްތައް ޗާޓާކޮށްގެން ވެސް މީހުން އައިސްފައިވާކަން ފާހަގަކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާއަކީ ޕީއެންސީގެ ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބާއްވާ ޖަލްސާއެކެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރިގެން ދިޔަ އިރު ރައީސް ވަނީ ދިވެހިންގެ ރާއްޖެއެއް ބިނާ ކުރެއްވުމަށް ގިނަ އަދަދެއްގެ މަސައްކަތް ކުރައްވާފައި ކަމަށެވެ.
ހީނާ ވިދާޅުވީ އައިވީއެފް އަދި އައިޔޫއައި ފަރުވާ އާސަންދައިގެ ދަށުން ލިބޭ ގޮތް ހަދާ ގިނަ އަދަދެއްގެ ބައެއްގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާފައިވާކަމަށެވެ. އަދި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބު ކަމާއެކު ހެދުމަށްފަހު މިވަގުތުވެސް 19 ކުއްޖަކު ރިކަވަރީގައި އެބަތިބި ކަމަށާއި، 10 ކުދިން މިވަގުތުވެސް އެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށެވެ.
ހީނާ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގެން ރައްޔިތުންގެ ހާލު އަމިއްލަފުޅަށް ބައްލަވާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށާއި މިއީ މީގެ ކުރިން އެއްވެސް ރައީސަކު ކުރައްވާފައިވާ ކަމެއް ނޫންކަމަށެވެ.
ގިނަ އަދަދެއްގެ މީހުންނާއެކު ޕީއެންސީގެ ބޮޑު ޖަލްސާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ