ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް އިއްޔެ އައްޔަން ކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އެ މަގާމުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ހާއްސަ މުޝީރުގެ މަގާމުގެ މަސައްކަތް އާދަމް ނަސީރު ވަނީ ފައްޓަވައިފަ އެވެ.
އެ މަގާމަށް އާދަމް ނަސީރު އައްޔަން ކުރެއްވީ އިއްޔެ އެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން މުންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޝީރުކަމުން އާދަމް ނަސީރު މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
މުންދު ކުރެއްވި ޕޯސްޓް
ހާއްސަ މުޝީރުކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވިއިރު ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އާދަމް ނަސީރު އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލް މަހު ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވި ދުވަހު އެވެ.
The most trusted news source in the Maldives
ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުން އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް އައްޔަންކުރަން ވަނީ ނިންމައިފަ އެވެ.
ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ