ނަފްސާނީ ބަލިމީހުންނަށް ފޯނު މެދުވެރިކޮށް ބޭސް ސިޓީ އާ ކޮށްދެނީ

މިހާރު ރާއްޖޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ ނަފްސާނީ ބަލިމީހުންނަށް ފޯނު މެދުވެރިކޮށް ބޭސް ސިޓީ އާ ކޮށްދޭން އައިޖީއެމްއެޗްއިން ނިންމައިފިއެވެ. އައިޖީއެމްއެޗްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އެ ހޮސްޕިޓަލްއިން ހިންގަމުންދާ ސެންޓާ ފޯ މެންޓަލް ހެލްތުން ފޯނުން ކޮންސަލްޓޭޝަން ދޭން ނިންމައިފައިވާ ކަމަށެވެ. އަދި ނަފްސާނީ މައްސަލަތަކަށް ގަވައިދުން ބޭސްކާ މީހުންނަށް ބޭސް ސިޓީތައް ފޯނު ކޮންސަލްޓޭޝަން މެދުވެރިކޮށް އާ ކޮށްދޭނެކަމަށްވެސް ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން 3335245 އަށް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ. https://twitter.com/igmhmv/status/1244559264225447937 ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، ދިގު މުއްދަތަށް ބޭސްކާ މީހުންނަށްވެސް އަލުން ބޭސް ސިޓީ ނަހައްދައި އިތުރު ފާމަސީތަކުން ބޭސް ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އެފަދަ މީހުންގެ ބޭސް ސިޓީ ޖެހޭނީ ފާމަސީތަކަށް ވައިބާ ކުރާށެވެ. http://sun.mv/133966 ކޮވިޑް ޖެހިފައިވާ 17 މީހަކު މިހާތަނަށް ރާއްޖެ އިން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ދެ ދިވެއްސެއްވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ