ކޮވިޑް19: ކޮންމެހެން ބޭނުއްވެއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުމޭ: އެޗްޕީއޭ

ކޮންހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އަށް ޕޮޒިޓިވް މީހަކު މާލެއިން މިއަދު ފެނިފައިވާ ކަމަށާއި މިކަން ކަށަވަރުވެއިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހުގެ 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޮވިޑް19އަށް ޓެސްޓްކުރުމުން ކަމަށެވެ.
މިކަން ކަށަވަރުކަމާއެކު ރެޕިޑް ރެސްޕޮންސް ޓީމުން ވަނި ހަރަކާތްތެރިވާން ފަށާފައި ކަމަށާއި މިގޮތުން މިމައުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަހައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.
އަދި ޕޮޒިޓިވްވި މީހާ މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެހެރިކުރެވިފައި ކަމަށާއި މިހާތަނަށް ބެލިބެލުމުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ކަމުގެ އެއްވެސް ހިސްޓްރީއެއްއެމީހާގެ ނެތް ކަމަށް އެޗްޕީއޭއިން ބުނެއިވެއެވެ.
އެޗްޕީއޭއިން ވަނީ ކޮވިޑް19 އާއި ގުޅިގެން ދެމުންގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ