ކޮވިޑް-19: ލަންކާ އިން ފުރަތަމަ މީހާ މަރުވެއްޖެ

ކޮލަމްބޯ (މާޗް 28) - ކޮވިޑް-19 ޖެހިގެން ސްރީ ލަންކާ އިން ފުރަތަމަ މީހާ މިއަދު މަރުވިކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މަރުވެފައި ވަނީ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އިންފެކްޝަން ޑިޒީޒް (އައިޑީއެޗް) ގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ 60 އަހަރުގެ ފިރިހެނެކެެވެ. އޭނާ އަކީ ލަންކާ އިން ތިން ވަނަ އަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާ އެވެ. އޭނާއާ ކްލޯޒް ކޮންޓެކްޓްވި 17 މީހަކު ވަނީ ޓްރޭސްކޮށްފަ އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަނިލް ޖަސިންހަ ވިދާޅުވީ މަރުވީ ހަކުރު ބަލީގެ ބަލި މީހެއް ކަމަށެވެ. އަދި އެއީ ކިޑްނީ ބަދަލުކޮށްފައިވާ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.
ލަންކާ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 113 އަށް އަރައިފަ އެވެ. ފަރުވާ އަށް ފަހު ރަނގަޅުވެެގެން ނުވަ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ