އެހެން ޓީޗަރުން މަސައްކަތެއް ނުކޮށް "ކަންނެތްވެފަ" ތިބެނީ ކަމަށް ބުނުމުން، ހެޑް ޓީޗަރަކު ސަސްޕެންޑު ކޮށްފި

ލޮކްޑައުން އާއި ގުޅިގެން އެހެން ޓީޗަރުން މަސައްކަތެއް ނުކޮށް "ކަންނެތް ވެފައި" ތިބެ، އެހެން ނަމަވެސް ބަރާބަރަށް މުސާރަ ނަގަމުން ދިޔަ ކަމަށް ބުނި ހެޑް ޓީޗަރަކު ވަޒީފާއިން ސަސްޕެންޑު ކޮށްފިއެވެ.
ސަންޑަރލޭންޑުގެ ގްރޭންޖް ޕާކް ޕްރައިމެރީ ސްކޫލްގެ ހެޑް ޓީޗަރެއް ކަމުގައިވާ ޕޯލީންް ވޫޑް ބުނެފައިވަނީ އޭނާގެ ދަށުން މަސައްކަތް ކުރާ އެހެން ޓީޗަރުން ކޮވިޑް-19 އާއި ގުޅިގެން، ގޭގައި ތިބެ ވެސް މަސައްކަތް ކުރުމުގެ ބަދަލުގައި އުޅުނީ ކުޅިވަރުގެ ކަންކަމުގައި ކަމަށެވެ. އެގޮތުން ނެޓްފްލިކްސް ބެލުމާއި އެހެނިހެން ބޭކާާރު ކަންކަމުގައި އުޅުނު ކަމަށާއި ހަފްތާއަކު އެންމެ ދެ ދުވަހު މަސައްކަތްތައް ނިންމަން ސްކޫލަށް އަންނަން އަންގާފައިވާއިރު، އެދުވަސްތަކުގައި ވެސް އެޓީޗަރުން ސްކޫލަށް ނުދާކަމަށް ޕޯލީން ބުނެފައިވެއެވެ.
ނަމަވެސް އެހެން ޓީޗަރުންގެ މިޝަކުވާތައް ކުރުމުން ހޫނުފެނަށް ވެއްޓުނީ ޕޯލީންއެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހު، އެސްކޫލުގެ ގަވަރުނަރުންގެ ތެރެއިން އެކަކު ކަމަށްވާ މޭރީ ހޮޑްގްސަން ވަނީ ޕޯލީން ސަސްޕެންޑު ކޮށްފައެވެ.
މިކަމާއި ގުޅިގެން ޕޯލީން ވަނީ ނުރުހުން ފާޅުކޮށް، އޭނާއާއިމެދު ކަންތަށް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެފައެވެ.
ޕޯލީން ބުނިގޮތުގައި މިއަހަރުގެ އޯގަސްޓު މަހު ވަޒީފާއިން ވަކިވުމަށް އޭނާ ވަނީ މާކުރިން އެސްކޫލަށް ސިޓީވެސް ލާފައެވެ. އެއީ ވެސް ސްކޫލުގެ އެހެން ޓީޗަރުން ރަނގަޅަށް މަސައްކަތް ނުކުރުގެ ސަބަބުން، ޕޯލީން އަށް މަސައްކަތް ބުރަވަމުން ދާތީ ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ އާއި އެސްކޫލްގެ ކުރީގެ ގަވަރުނަރުންތަކަކާއިމެދު ތަފާތު ކުރުން ތަކެސް ސްކޫލްގެ މިހާރުގެ ބޯޑުން ގެންގުޅޭކަން ފާހަގަ ކުރެވޭ ކަަމަށް ވެސް ޕޯލީީން ބުނެފައިވެއެވެ.
"އަހަރެން ކިޔަވާދޭ 220 ކުދިން ކައިރިއަށް ދިޔުން ވެސް މިހާރު ވަނީ މަނާ ކޮށްފަ. ނަމަވެސް އަހަރެންގެ ޙައްޤުތައް ހޯދަން އަހަރެން މަސައްކަތް ކުރާނަން" ޕޯލީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ