ޔާމީން އައްޑޫގައި!

ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ. ޔާމީންގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު މިއަދު ބުނީ ޔާމީން އައްޑޫއަށް ވަޑައިގެން އުޅުއްވަނީ ކެމްޕެއިން ދަތުރުފުޅެއްގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޔާމީން ކެމްޕެއިން ޓީމުގެ ފަރާތުން މިރޭ ޝަރަފުއްދީން ސްކޫލްގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި ޖަލްސާގައި މިރޭ ޔާމީން ވާހަކަފުޅު ދައްކަވާނެއެވެ.
"މިރޭ ހާއްސަ ޖަލްސާއެއް ޝަރަފުއްދީން ސްކޫލް ހޯލްގައި ބޭއްވުމަށް މިއަންނަނީ ތައްޔާރުވަމުން. މިރޭގެ ޖަލްސާގައި ހޯމް މިނިސްޓަރ މުހައްމަދު ޖަމީލް އަހުމަދުވެސް ބައިވެރިވެވަޑައިގަންނަވާނެ" އޮފިޝަލް ވިދާޅުވިއެވެ.
ޔާމީން އާއި އެކު ކެމްޕެެއިން ދަތުރުގައި ވިލިމާފައްނުދާއިރާގެ މެމްބަރު ނިހާން ހަސަން މަނިކު އާއި ޝިފާދު މުފީދު (ހިސްޓޯ) އާއި އަދިވެސް އެޕަޓީގެ ބައެއް މެމްބަރުން ވަނީ އައްޑޫއަށް ވަޑައިގެންފައެެވެ. މިރޭ ޝަރަފުއްދީން ސްކޫލްގައި ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިނީ މިރޭ 8:30 ގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ