ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު ރައީސް އަލުން އެކުލަވައިލައްވައިފި

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުގެ ޝެއާ ސްޓްރަކްޗަރަށް އައި ބަދަލާ ގުޅިގެން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަލުން އެކުލަވައިލައްވައިފި އެވެ.
އެގޮތުން އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ މާފަންނު އެމަތީސްޓް، ހުސައިން ނައީމެވެ. މެނެޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ ހދ. ކުޅުދުއްފުށީ މާވިނަ، އަހުމަދު އާތިފެވެ.
މިދެބޭފުޅުންނާއެކު، އެ ބޯޑުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ތިއްބަވާ އަނެއް ދެބޭފުޅުންނަކީ، މާފަންނު ވެރާ، މުހައްމަދު ހާޝިމާއި، ހެންވޭރު ސެންޓާލަމް، އަހުމަދު ނާޒިމެވެ.
ސަރުކާރުގެ ފަރާތުން މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ނ. ވެލިދޫ އެއްގަމުގޭ މުހުތާރު ހަސަނާއި، ހއ. ހޯރަފުށި ދަނބުރުއްދޮށުގޭ، ޝަމްއޫން ސައީދާއި، ހދ. ކުޅުދުއްފުށީ ނިއުމަތް، އަބްދުއްރަހީމް އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ